ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2015 ވަނަ އަހަރު ޅ. ނައިފަރުގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.
އިމާމު ކޯސް ލެވަލް 1
ޝަރުޠު: 1- ފަށާތަޢުލީމު ޙާޞިލްކޮށްފައިވުން ( ގްރޭޑް 7 ނިންމާފައިވުން ) ނުވަތަ
2- ކާތިބުކަމުގެ ސަނަދަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
3- ޓެސްޓާއި އިންޓަވިއުއިން ފާސްވުން.
މުއްދަތު: 1 މަސް
ޖަމާޢަތްތެރި ކޯސް
ޝަރުޠު: 1- ފަށާތަޢުލީމު ޙާޞިލްކޮށްފައިވުން ( ގްރޭޑް 7 ނިންމާފައިވުން ) ނުވަތަ
2- ކާތިބުކަމުގެ ސަނަދަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
3- ޓެސްޓާއި އިންޓަވިއުއިން ފާސްވުން.
ވީމާ މިކޯހުގައި ބައިވެރިވުމަށް އެދޭފޯމު ޅ. ނައިފަރު ކައުންސިލްގެ އިދާރާއިން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2 އޮސްޓު 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު ޅ. އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: މި އިޢުލާނަކީ މިމަރްކަޒުގެ ނަންބަރު (IUL)160-A/1/2015/57 ގެ އިޢުލާނުގެ މުއްދަތު އިތުރުކުރުމަށް ކޮށްފައިވާ އިޢުލާނެކެވެ.
5 ޝައްވާލް 1436