ދިވެހިރާއްޖެ
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުކުރާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގައި ކުރާ މަސްވެރި ދަތުރުތަކުގެ %5 ދަތުރުތަކުގެ މަޢުލޫމާތު އުޅަނދުގައި ގާއިމުވެހުންނަ ފިޝަރީޒް އޮބްޒަރވަރެއްގެ އެހީގައި ނަގައި ބެލެހެއްޓުމަށް މި މިނިސްޓްރީން ގާއިމުކުރާ ފިޝަރީޒް އޮބްޒާވަރ ޕްރޮގްރާމުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތައް ރާވައި ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ބޭނުންވެއެވެ.
މަސައްކަތް ހަވާލުކުރެވޭ މުއްދަތު |
6 މަސް ދުވަސް |
||
ބޭނުންވާ އަދަދު: |
02 |
||
މަސައްކަތުގެ އުޖޫރަ |
މަސައްކަތުގެ އުޖޫރައިގެ ގޮތުގައި ކޮންމެ މަހަކު -/8000 ރުފިޔާ ދެވޭނެއެވެ. |
||
އެހެނިހެން އެލަވަންސް އަދި އިނާޔަތްތައް |
ކަނޑުމަތީގައި ހޭދަކުރާ ކޮންމެ ދުވަހަކަށް އެލަވަންސްގެ ގޮތުގައި -/200 ރުފިޔާ ދެވޭނެއެވެ. އަދި، މި މަސައްކަތުގައި ކަނޑުމަތީގައި ހޭދަކުރާ ކޮންމެ 5 ދުވަހަކަށް 2 ދުވަސް "އޮފް" ދުވަހުގެ ގޮތުގައި ލިބޭނެއެވެ. |
||
މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުޠު |
|
||
މަސައްކަތުގެ ތަފުސީލު |
|
||
މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި
|
1. މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތުގެ ވަނަވަރު 2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފައިވާ) 3. ކުރިން ވަޒީފާއެއް އަދާކޮށްފައި ވާނަމަ އެތަނަކުން ދީފައިވާ ލިޔުން |
||
އެހެނިހެން ތަފުސީލު
|
|
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 3 އޮގަސްޓު ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މިމިނިސްޓްރީ އަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3339252/ 3339211 އަށް ގުޅުއްވުން އެދެމެވެ.