މަސައްކަތް
ނަންބަރު: (IUL)30-C/1/2015/47
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 03 އޮގަސްޓް 2015 15:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުކުރާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގައި ކުރާ މަސްވެރި ދަތުރުތަކުގެ %5 ދަތުރުތަކުގެ މަޢުލޫމާތު އުޅަނދުގައި ގާއިމުވެހުންނަ ފިޝަރީޒް އޮބްޒަރވަރެއްގެ އެހީގައި ނަގައި ބެލެހެއްޓުމަށް މި މިނިސްޓްރީން ގާއިމުކުރާ ފިޝަރީޒް އޮބްޒާވަރ ޕްރޮގްރާމުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތައް ރާވައި ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ބޭނުންވެއެވެ.

މަސައްކަތް ހަވާލުކުރެވޭ  މުއްދަތު

6 މަސް ދުވަސް

ބޭނުންވާ އަދަދު:

02

މަސައްކަތުގެ އުޖޫރަ

މަސައްކަތުގެ އުޖޫރައިގެ ގޮތުގައި ކޮންމެ މަހަކު -/8000 ރުފިޔާ ދެވޭނެއެވެ.

އެހެނިހެން އެލަވަންސް އަދި އިނާޔަތްތައް

ކަނޑުމަތީގައި ހޭދަކުރާ ކޮންމެ ދުވަހަކަށް އެލަވަންސްގެ ގޮތުގައި -/200 ރުފިޔާ ދެވޭނެއެވެ. އަދި،

މި މަސައްކަތުގައި ކަނޑުމަތީގައި ހޭދަކުރާ ކޮންމެ 5 ދުވަހަކަށް 2 ދުވަސް "އޮފް" ދުވަހުގެ ގޮތުގައި ލިބޭނެއެވެ.

މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުޠު

  • އިނގިރޭސި އަދި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން އަދި އިނގިރޭސިއާއި ދިވެހިބަހުން ރަނގަޅު ފެންވަރެއްގައި ލިއުމުގެ ހުނަރު.
  • މައިކްރޯސޮފްޓް ވަރޑް އަދި އެކްސެލް ރަނގަޅު ފެންވަރެއްގައި ބޭނުންކުރަން އެނގުން.
  • ޓީމު މާޙައުލެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަމާއި ހުނަރުހުރި ފަރާތަކަށްވުން.
  • ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭ އަދި ފަތަން އެނގޭ ފަރާތަކަށްވުން.

މަސައްކަތުގެ ތަފުސީލު

  • ލައިސަންސް ނަގައިގެން ވިޔަފާރީގެ ބޭނުމަށް މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގެ މަސްވެރިކަމުގެ ދަތުރުތަކުގައި ބައިވެރިވެ، މަސްވެރިކަމާއިގުޅޭ މަޢުލޫމާތު ހޯދާ ރިކޯޑުކުރުން.
  • ސުޕަވައިޒަރުގެ އެހީތެރިކަމާއެކު މަޢުލޫމާތު އެއްކުރުމަށްޓަކައި އަރާނެ އުޅަނދުފަހަރު ކަނޑައަޅައި އެއުޅަނދުފަހަރުގެ ދަތުރުގައި ބައިވެރިވުމުގެ އިންތިޒާމު ވިލަރެސްކުރުން.
  • މަސްވެރިކަމުގައި ދަތުރުތަކުގައި ބައިވެރިވެ، މިނިސްޓްރީން ކަނޑައަޅާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިން މަޢުލޫމާތު ނެގުން.
  • މަސްވެރިކަމުގެ ދަތުރުތައް ފުރިހަމަކުރުމަށްފަހު، ދަތުރުތަކުގައި ރިކޯޑުކުރި މަޢުލޫމާތުތައް ޑޭޓާ ބޭސްއަށް އަޅައި ސުޕަވައިޒަރުގެ ލަފާގެ މަތިން ދަތުރުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

 

 

1. މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތުގެ ވަނަވަރު

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފައިވާ)

3. ކުރިން ވަޒީފާއެއް އަދާކޮށްފައި ވާނަމަ އެތަނަކުން ދީފައިވާ ލިޔުން

އެހެނިހެން ތަފުސީލު

 

  • މިމަސައްކަތް ކުރާނެ ފަރާތެއް ހޮވުމުގައި މަސްވެރިކަމުގެ ދާއިރާއިން ކިޔަވާފައިވާ އަދި މަސްވެރިކަމުގެ ދާއިރާގެ މަޢުލޫމާތާއި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މިކަމަށް ހޮވޭ ފަރާތްތަކުން ޑެސްކު މަސައްކަތްތައް ކުރުމަށްޓަކައި ޤާއިމުވެ ހުންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 3 އޮގަސްޓު ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މިމިނިސްޓްރީ އަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3339252/ 3339211 އަށް ގުޅުއްވުން އެދެމެވެ.

20 ޖުލައި 2015