މަޤާމް: ޕްރޮޖެކްޓް އޮފިސަރ
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
ރޭންކް: އެމް. އެސް. 1 (ޓެކްނިކަލް ސަރވިސް)
|
ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ (މަހަކު): 5610.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)
|
ސަރވިސް އެލަވަންސް: 2000.00 (ދެހާސް ރުފިޔާ)
|
ވަޒީފާ އަދާކުރަންޖެހޭ ތަން: ރ. މާކުރަތު ކައުންސިލްގެ އިދާރާ
|
އޮފީސް/އިދާރާ: މާކުރަތު ކައުންސިލްގެ އިދާރާ
|
ޔުނިޓް: އޭ. އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
|
މަޤާމުގެ ގިންތި: ދާއިމީ
|
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް:-
- ރަށުގެ ތަރައްޤީގެ ޕްލޭނުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެހެން ދާއިރާއަކާ ހަވާލުނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުން.
- އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދޫކުރަންޖެހޭ ލައިސަންސް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ސަލާމަތީ ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ކުރުން.
- ކުލަބު، ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމާއެކު، ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމާއި، އަމިއްލަ ފަރާތްތަކުންނާއި ކުލަބު، ޖަމްޢިއްޔާ ފަދަ ތަންތަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށުގައި ހިންގާ ޕްރޮޖެކްޓަތައް ހިނގާނުހިގާގޮތް ބެލުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ސައިކޯސޯޝަލް ޕްރޮގުރާމުތައް ރަށުފެންވަރުގައި ރާވައި ހިންގުން.
- ޒުވާނުންނަށް ދިމާވާ އެކިއެކި ކަންތައްތަކާ ގުޅިގެން ނަފްސާނީ އެހީތެރިކަމާއި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކައުންސިލުން ކުރަންޖެހޭ ތަރައްޤީގެ މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ބެލެހެއްޓުން.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ހިންގާ ތަރައްޤީގެ ޕްރޮގްރާމުތައް ބެލެހެއްޓުމާއި ކޮމެޓީއަށް އެހީތެރިކަން ދިނުން.
- ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކުރުމާއި، ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
|
އުޖޫރައާއި ޢިނާޔަތްތައް:-
- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.
- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓްލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
- ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް- 1 އޭޕްރީލް 2013 ގައިވާ ސަޕޯޓް ސްޓާފް މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކުރުމުގެ ކްރައިޓީރިއާ (ޖީ. އެސް. 1 އިން އެމް. އެސް. 2 އަށް) ގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން:-
- ވަޒީފާގެ ޝަރުޠު: % 11
- ތަޢުލީމާއި ތަމްރީން: %38
- މަސައްކަތުގެ ތަޖުރިބާ: %8
- ލިބިފައިވާ ހުނަރު: %43
|
އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:
2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް، ސިޓީއާއެކު ރ. މާކުރަތު ކައުންސިލް އިދާރާއަށް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީއާއިއެކު، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ރ. މާކުރަތު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރިޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
އިންޓަވިއު ކުރުން:
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.
- އިންޓަވިއު ކުރުން އޮންނާނީ، 28 ޖުލައި 2015 އާއި 6 އޮގަސްޓު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
- އިންޓަވިއު އޮންނާނީ، ރ. މާކުރަތު ކައުންސިލްގެ އިދާރާގައެވެ.
- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް 24 ގަޑިއިރުގެ ކުރިން މި އިދާރާއިން އަންގަމުން ގެންދާނެއެވެ.
|
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580015 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580015 އެވެ.
|
އެހެނިހެން ކަންތައްތައް:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ނުވަތަ ސެޓްފިކެޓްތައް ހުށަހަޅަންވާނީ، މޯލްޑިވެސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ.
- އުމުރުން 55 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
|