ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)305-CA305/305/2015/81
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 23 ޖުލައި 2015 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް: އެމް. އެސް. 1 (ޓެކްނިކަލް ސަރވިސް)

ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ (މަހަކު):  5610.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:  2000.00 (ދެހާސް ރުފިޔާ)

ވަޒީފާ އަދާކުރަންޖެހޭ ތަން: ރ. މާކުރަތު ކައުންސިލްގެ އިދާރާ

އޮފީސް/އިދާރާ: މާކުރަތު ކައުންސިލްގެ އިދާރާ

ޔުނިޓް: އޭ. އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް:-

  1. ރަށުގެ ތަރައްޤީގެ ޕްލޭނުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެހެން ދާއިރާއަކާ ހަވާލުނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުން.
  2. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދޫކުރަންޖެހޭ ލައިސަންސް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ސަލާމަތީ ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ކުރުން.
  3. ކުލަބު، ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމާއެކު، ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމާއި، އަމިއްލަ ފަރާތްތަކުންނާއި ކުލަބު، ޖަމްޢިއްޔާ ފަދަ ތަންތަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށުގައި ހިންގާ ޕްރޮޖެކްޓަތައް ހިނގާނުހިގާގޮތް ބެލުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  4. ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ސައިކޯސޯޝަލް ޕްރޮގުރާމުތައް ރަށުފެންވަރުގައި ރާވައި ހިންގުން.
  5. ޒުވާނުންނަށް ދިމާވާ އެކިއެކި ކަންތައްތަކާ ގުޅިގެން ނަފްސާނީ އެހީތެރިކަމާއި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން.
  6. ކައުންސިލުން ކުރަންޖެހޭ ތަރައްޤީގެ މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ބެލެހެއްޓުން.
  7. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ހިންގާ ތަރައްޤީގެ ޕްރޮގްރާމުތައް ބެލެހެއްޓުމާއި ކޮމެޓީއަށް އެހީތެރިކަން ދިނުން.
  8. ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކުރުމާއި، ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

އުޖޫރައާއި ޢިނާޔަތްތައް:-

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓްލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް- 1 އޭޕްރީލް 2013 ގައިވާ ސަޕޯޓް ސްޓާފް މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކުރުމުގެ ކްރައިޓީރިއާ (ޖީ. އެސް. 1 އިން އެމް. އެސް. 2 އަށް) ގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން:-
  • ވަޒީފާގެ ޝަރުޠު: % 11
  • ތަޢުލީމާއި ތަމްރީން: %38
  • މަސައްކަތުގެ ތަޖުރިބާ: %8
  • ލިބިފައިވާ ހުނަރު: %43

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް، ސިޓީއާއެކު ރ. މާކުރަތު ކައުންސިލް އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީއާއިއެކު، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ރ. މާކުރަތު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރިޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިންޓަވިއު ކުރުން:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.
  • އިންޓަވިއު ކުރުން އޮންނާނީ، 28 ޖުލައި 2015 އާއި 6 އޮގަސްޓު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • އިންޓަވިއު އޮންނާނީ، ރ. މާކުރަތު ކައުންސިލްގެ އިދާރާގައެވެ.
  • އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް 24 ގަޑިއިރުގެ ކުރިން މި އިދާރާއިން އަންގަމުން ގެންދާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580015 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580015 އެވެ.

އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ނުވަތަ ސެޓްފިކެޓްތައް ހުށަހަޅަންވާނީ، މޯލްޑިވެސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ.
  • އުމުރުން 55 އަހަރު ނުފުރޭ މީހެއްކަމުގައިވުން.

27 ރަމަޟާން 1436

14 ޖުލައި 2015