ދިވެހިރާއްޖެ
މިކައުންސިލް އިދާރާއިން ހިންގަމުން ގެންދާ ކޮކާކިޑްސް ޕްރީސްކޫލަށް، 2025 ވަނަ އަހަރަށް އަލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވާލަމެވެ.
ސްކޫލަށް ދަރިވަރުން ވެއްދުމުގެ އުމުރުފުރާ:
ބޭބީ ނާސަރީ |
31 ޑިސެމްބަރ 2024 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން |
ނަމަވެސް 2025ވަނަ އަހަރުގެ 31 މާރޗްގެ ނިޔަލަށް 2 އަހަރު ފުރޭކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ ބޭނުންނަމަ ލިބޭނެއެވެ. |
ވީމާ، ޕްރީސްކޫލަށް ކުދިންވައްދަން ބޭނުންވާ ބެލެނިވެރީން ތިރީގައިވާ ގޫގަލް ފޯމް ލިންކް މެދުވެރިކޮށް ފޯމު ފުރުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންޓަރުން ދޫކުރާ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6641941 ފޯނާއި ގުޅުއްވުން އެދެމެވެ.
ގޫގަލް ފޯމް ލިންކް: https://docs.google.com/forms/d/1ivSrWxcOasHy23A32VU9NFmYbM7r_7ffRNfcEuGlxgU/edit