ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)331/331/2025/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 20:06
ސުންގަޑި: 30 ޖަނަވަރީ 2025 13:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލަށް ކުދިން ވެއްދުމާއިގުޅޭ

މިކައުންސިލް އިދާރާއިން ހިންގަމުން ގެންދާ ކޮކާކިޑްސް ޕްރީސްކޫލަށް، 2025 ވަނަ އަހަރަށް އަލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވާލަމެވެ.             

ސްކޫލަށް ދަރިވަރުން ވެއްދުމުގެ އުމުރުފުރާ:

ބޭބީ ނާސަރީ

31 ޑިސެމްބަރ 2024 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން

ނަމަވެސް 2025ވަނަ އަހަރުގެ 31 މާރޗްގެ ނިޔަލަށް 2 އަހަރު ފުރޭކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ ބޭނުންނަމަ ލިބޭނެއެވެ.


ވީމާ، ޕްރީސްކޫލަށް ކުދިންވައްދަން ބޭނުންވާ ބެލެނިވެރީން ތިރީގައިވާ ގޫގަލް ފޯމް ލިންކް މެދުވެރިކޮށް ފޯމު ފުރުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންޓަރުން ދޫކުރާ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6641941 ފޯނާއި ގުޅުއްވުން އެދެމެވެ.

ގޫގަލް ފޯމް ލިންކް: https://docs.google.com/forms/d/1ivSrWxcOasHy23A32VU9NFmYbM7r_7ffRNfcEuGlxgU/edit

 

08 ޖަނަވަރީ 2025