މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:               މަސައްކަތު

ރޭންކް:              އެސް. އެސް 1 (ސަޕޯޓްސަރވިސް1)

ކްލެސިފިކޭޝަން:         ސަޕޯޓްސްޓާފް ގްރޭޑް 1

އޮފީސް/އިދާރާ:          އަލިފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް:              ކޯޕަރޭޓްއެފެއަރޒް

ވަޒީފާއަދާކުރަންޖެހޭތަން:     އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ:             3100.00 ރުފިޔާ

ސާރވިސް އެލަވަންސް:     1000.00 ރުފިޔާ

ބޭނުންވާ އަދަދު:        1 (އެކެއް)

މަޤާމުގެ ޝަރުޠުތައް

  1. ލިޔަންކިޔަންދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލްގެ އިދާރާ ފޮޅައި ސާފުކުރުމާއި، ކައުންސިލްގެ އިދާރާއާ ގުޅިފައިވާ ތަންތަނާއި ކައުންސިލްގެ އިދާރާގެ ގޯތިހިމެނޭ ސަރަހައްދާއި ގޯތީގެ ވަށައިގެންވާ މަގުތައް ކުނިކަހައި ބެލެހެއްޓުން.
  2. މެގަފޯނުން ރަށުތެރެއަށް އިޢުލާންކުރަންޖެހޭ ކަަންކަން އިޢުލާނުކުރުން.
  3. އިދާރާއިން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތައް ރައްދުކުރުން.
  4. ރަށުގައި ޢާންމުކުރަންޖެހޭ އިޢުލާނާއި ދެންނެވުންތައް ޢާންމުކުރުން.
  5. މީގެ އިތުރުންވެސް ވަޒީފާގެ މަސްޢޫލިއްޔަތާ ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާޙަވާލުވެ ހުރި ވެރިޔަކު އަދި ޒިންމާދާރުވެރިޔާ ނުވަތަ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ޙަވާލުވެ ހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

  1. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މިންވަރު
  2. ތަޖުރިބާއާއި މަޢުލޫމާތާއި ހުނަރު ހުރި މިންވަރު

އިންޓަރވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު، އޮންނާނެ ތަނާއި ތާރީޚާއި ގަޑި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން ދެންނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

21 ޖުލައި 2015  ވަނަ ދުވަހުގެ 14:00 ގެކުރިން އަލިފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް: [email protected] ފެކްސް ނަންބަރު : 6580021 )

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭފޯމު (މި ފޯމު މިކައުންސިލްގެ އިދާރާއިންނާއި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެއްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް.)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580021 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580021 އެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ.            

22   ރަމަޟާން   1436

09 ޖުލައި 2015
ހޯދާ