އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: މަސައްކަތު
ރޭންކް: އެސް. އެސް 1 (ސަޕޯޓްސަރވިސް1)
ކްލެސިފިކޭޝަން: ސަޕޯޓްސްޓާފް ގްރޭޑް 1
އޮފީސް/އިދާރާ: އަލިފުށީ ކައުންސިލްގެ އިދާރާ
ޔުނިޓް: ކޯޕަރޭޓްއެފެއަރޒް
ވަޒީފާއަދާކުރަންޖެހޭތަން: އަލިފުށީ ކައުންސިލްގެ އިދާރާ
މުސާރަ: 3100.00 ރުފިޔާ
ސާރވިސް އެލަވަންސް: 1000.00 ރުފިޔާ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠުތައް
|
- ލިޔަންކިޔަންދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން
|
މަޤާމުގެ މައިގަނޑު
މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ކައުންސިލްގެ އިދާރާ ފޮޅައި ސާފުކުރުމާއި، ކައުންސިލްގެ އިދާރާއާ ގުޅިފައިވާ ތަންތަނާއި ކައުންސިލްގެ އިދާރާގެ ގޯތިހިމެނޭ ސަރަހައްދާއި ގޯތީގެ ވަށައިގެންވާ މަގުތައް ކުނިކަހައި ބެލެހެއްޓުން.
- މެގަފޯނުން ރަށުތެރެއަށް އިޢުލާންކުރަންޖެހޭ ކަަންކަން އިޢުލާނުކުރުން.
- އިދާރާއިން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތައް ރައްދުކުރުން.
- ރަށުގައި ޢާންމުކުރަންޖެހޭ އިޢުލާނާއި ދެންނެވުންތައް ޢާންމުކުރުން.
- މީގެ އިތުރުންވެސް ވަޒީފާގެ މަސްޢޫލިއްޔަތާ ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާޙަވާލުވެ ހުރި ވެރިޔަކު އަދި ޒިންމާދާރުވެރިޔާ ނުވަތަ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ޙަވާލުވެ ހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.
|
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މިންވަރު
- ތަޖުރިބާއާއި މަޢުލޫމާތާއި ހުނަރު ހުރި މިންވަރު
|
އިންޓަރވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު
|
ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު، އޮންނާނެ ތަނާއި ތާރީޚާއި ގަޑި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން ދެންނެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
21 ޖުލައި 2015 ވަނަ ދުވަހުގެ 14:00 ގެކުރިން އަލިފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް: [email protected] ފެކްސް ނަންބަރު : 6580021 )
|
އުޖޫރައާއި އިނާޔަތްތައް:
|
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭފޯމު (މި ފޯމު މިކައުންސިލްގެ އިދާރާއިންނާއި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
- ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެއްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ)
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580021 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580021 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
22 ރަމަޟާން 1436