މަޤާމު:
|
އިންޓަރން (އެޑްމިން)
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ޓްރެއިނިންގ
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް (06 މަސް ދުވަސް)
|
އުޖޫރަ:
|
ގަޑިއަކަށް 60 ރުފިޔާގެ ރޭޓުން
|
މަސައްކަތުގެ ވަގުތު
|
- 2 - 4 ގަޑިއިރު (ހެނދުނު 08:00 އާއި މެންދުރު ފަހު 02:00 އާ ދެމެދު)
|
މަގާމުގެ ޝަރުތު:
|
- 'މަތީ ސާނަވީ' (އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން އަދި އޮޕަރޭޝަނަލް ޕްލޭންގައި ކަންޑައެޅޭ ލަނޑުދަނޑިތައް ހާޞިލް ކުރުމަށް ޔުނިވަރސިޓީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވުން.
- ޔުނިވަރސިޓީގެ މުވައްޒަފުންނަށް ބޭނުންވާ ކުރު މުއްދަތުގެ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް ފުރުޞަތުތައް އަދި އެހެނިހެން ތަމްރީނު ފުރުޞަތުތައް ދެނެގަތުމުގައި ސެކްޝަންގެ ވެރިޔާއަންގަވާ ގޮތެއްގެ މަތިން ކުރަންޖެހޭ ކަންކަން ކުރުމާއި އެހީތެރިވުން.
- މުވައްޒަފުންގެ ވަޒީފާއާއި ގުޅޭގޮތުން ތަނުން ދޭންޖެހޭ ތަމްރީންތައް ހިންގުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި ކޯހުގައި ކިޔަވައިދޭ ފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން.
- ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ކޯހުގެ ކަންކަން ބަލާ، ބަލަހައްޓަންޖެހޭ ރެކޯރޑްތައް ބެލެހެއްޓުމާއި، ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި ހަރަކާތްތެރިވުން. އަދި އެފަރާތްތަކުން ފޮނުވާ ކަންކަން ހުށައަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާ މުވާމަލާތުކުރުން.
- ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ސްޓައިޕެންޑް އަދި ކޯސްފީއަށް ޤަވާޢިދުން ދައްކަންޖެހޭ / ޖަމާކުރެވޭ ޢަދަދުތަކުގެ ހިސާބުތަކާއި އޭގެ ތަފްޞީލު ބަލަހައްޓައި، ފައިސާ ޖަމާކުރުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވާ ރިކުއެސްޓާއި ލިޔުންތައް ފައިނޭންސް ސެކްޝަނަށް ފޮނުވާ، ފައިސާ ޖަމާކުރިތޯ ބަލައި ކަށަވަރުކުރުން.
- ޔުނިވަރސިޓީގެ ސްޓާފް ޑެވެލޮޕްމަންޓް ސިޔާސަތުގެ ދަށުން ފައިސާގެ އެހީއަށް އެދިފައިވާ މުވައްޒަފުންގެ ކޯސްފީއަށް ޤަވާޢިދުން ދައްކަންޖެހޭ / ޖަމާކުރެވޭ ޢަދަދުތަކާއި އޭގެ ހިސާބުތަކުގެ ތަފްޞީލު ބަލަހައްޓައި، ފައިސާ ޖަމާކުރުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވާ ރިކުއެސްޓްތަކާއި ލިޔުންތައް ފައިނޭންސް ސެކްޝަނަށް ފޮނުވާ ފައިސާ ޖަމާކުރިތޯ ބަލައި ކަށަވަރުކުރުން.
- ސެމިނަރ ކޮންފަރެންސް ވާރކްޝޮޕް އަދި ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބޭނުންވާ ޓިކެޓް/ވިސާ އަދި އެހެނިހެން ކަންތައްތައް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ޤަވާއިދުން ކުރުން.
- ސެކްޝަންގެ ލިޔެކިޔުންތައް ރަގަޅު ގޮތުގައި ބެލެހެއްޓުމާއި، އެކިބާވަތުގެ ރެކޯރޑްތައް ބަލަހައްޓާ ހަމަޖެހިފައިވާ ނިޒާމްގެތެރެއިން އެކިފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިކަން ދިނުން.
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމް ބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
- ސްޓާފް ސްކޯލަރޝިޕް ނޮމިނޭޝަން ކޮމިޓީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެކޮމިޓީއަށް ހުށަހަޅައި، ކޮމެޓީގެ ނިންމުން އަންގަން ޖެހޭ ފަރާތްތަކަށް އަންގާ ވިލަރެސްކުރުން.
- އެހެން ޑިޕާޓްމަންޓްތަކުން އަދި އޮފީސްތަކުން އެދިލައްވާ ސްޓެޓިސްޓިކްސް އަދި މަޢުލޫމާތު ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ފޮނުވުން
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
09 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2024-258
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)
- ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
|
ސަމާލުކަމަށް:
|
- މި އިއުލާނަށް އިޖާބަދެއްވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|