ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2025/03
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 09 ޖަނަވަރީ 2025 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންޓަރން (އެޑްމިން)

މަޤާމް :އިންޓަރން (އެޑްމިން)
ބޭނުންވާ އަދަދު :1

މަޤާމު:

އިންޓަރން (އެޑްމިން)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ޓްރެއިނިންގ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (06 މަސް ދުވަސް)

އުޖޫރަ:

ގަޑިއަކަށް 60 ރުފިޔާގެ ރޭޓުން

މަސައްކަތުގެ ވަގުތު

  • 2 - 4 ގަޑިއިރު (ހެނދުނު 08:00 އާއި މެންދުރު ފަހު 02:00 އާ ދެމެދު)

މަގާމުގެ ޝަރުތު:

  • 'މަތީ ސާނަވީ' (އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން އަދި އޮޕަރޭޝަނަލް ޕްލޭންގައި ކަންޑައެޅޭ ލަނޑުދަނޑިތައް ހާޞިލް ކުރުމަށް ޔުނިވަރސިޓީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވުން.
  2. ޔުނިވަރސިޓީގެ މުވައްޒަފުންނަށް ބޭނުންވާ ކުރު މުއްދަތުގެ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް ފުރުޞަތުތައް އަދި އެހެނިހެން ތަމްރީނު ފުރުޞަތުތައް ދެނެގަތުމުގައި ސެކްޝަންގެ ވެރިޔާއަންގަވާ ގޮތެއްގެ މަތިން ކުރަންޖެހޭ ކަންކަން ކުރުމާއި އެހީތެރިވުން.
  3. މުވައްޒަފުންގެ ވަޒީފާއާއި ގުޅޭގޮތުން ތަނުން ދޭންޖެހޭ ތަމްރީންތައް ހިންގުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި ކޯހުގައި ކިޔަވައިދޭ ފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން.
  4. ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ކޯހުގެ ކަންކަން ބަލާ، ބަލަހައްޓަންޖެހޭ ރެކޯރޑްތައް ބެލެހެއްޓުމާއި، ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި ހަރަކާތްތެރިވުން. އަދި އެފަރާތްތަކުން ފޮނުވާ ކަންކަން ހުށައަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާ މުވާމަލާތުކުރުން.
  5. ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ސްޓައިޕެންޑް އަދި ކޯސްފީއަށް ޤަވާޢިދުން ދައްކަންޖެހޭ / ޖަމާކުރެވޭ ޢަދަދުތަކުގެ ހިސާބުތަކާއި އޭގެ ތަފްޞީލު ބަލަހައްޓައި، ފައިސާ ޖަމާކުރުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވާ ރިކުއެސްޓާއި ލިޔުންތައް ފައިނޭންސް ސެކްޝަނަށް ފޮނުވާ، ފައިސާ ޖަމާކުރިތޯ ބަލައި ކަށަވަރުކުރުން.
  6. ޔުނިވަރސިޓީގެ ސްޓާފް ޑެވެލޮޕްމަންޓް ސިޔާސަތުގެ ދަށުން ފައިސާގެ އެހީއަށް އެދިފައިވާ މުވައްޒަފުންގެ ކޯސްފީއަށް ޤަވާޢިދުން ދައްކަންޖެހޭ / ޖަމާކުރެވޭ ޢަދަދުތަކާއި އޭގެ ހިސާބުތަކުގެ ތަފްޞީލު ބަލަހައްޓައި، ފައިސާ ޖަމާކުރުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވާ ރިކުއެސްޓްތަކާއި ލިޔުންތައް ފައިނޭންސް ސެކްޝަނަށް ފޮނުވާ ފައިސާ ޖަމާކުރިތޯ ބަލައި ކަށަވަރުކުރުން.
  7. ސެމިނަރ ކޮންފަރެންސް ވާރކްޝޮޕް އަދި ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބޭނުންވާ ޓިކެޓް/ވިސާ އަދި އެހެނިހެން ކަންތައްތައް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ޤަވާއިދުން ކުރުން.
  8. ސެކްޝަންގެ ލިޔެކިޔުންތައް ރަގަޅު ގޮތުގައި ބެލެހެއްޓުމާއި، އެކިބާވަތުގެ ރެކޯރޑްތައް ބަލަހައްޓާ ހަމަޖެހިފައިވާ ނިޒާމްގެތެރެއިން އެކިފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިކަން ދިނުން.
  9. ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމް ބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
  10. ސްޓާފް ސްކޯލަރޝިޕް ނޮމިނޭޝަން ކޮމިޓީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެކޮމިޓީއަށް ހުށަހަޅައި، ކޮމެޓީގެ ނިންމުން އަންގަން ޖެހޭ ފަރާތްތަކަށް އަންގާ ވިލަރެސްކުރުން.
  1. އެހެން ޑިޕާޓްމަންޓްތަކުން އަދި އޮފީސްތަކުން އެދިލައްވާ ސްޓެޓިސްޓިކްސް އަދި މަޢުލޫމާތު ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ފޮނުވުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

09 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2024-258

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)
  • ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

ސަމާލުކަމަށް:

  • މި އިއުލާނަށް އިޖާބަދެއްވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
05 ޖަނަވަރީ 2025