އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
4 މަހުން ރައްޔިތުންނާއި ބައްދަލުކުރުން:

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަމްބަރ 107-1 ވަނަ މާއްދާގެ (ނ) ގައިވާ ކައުންސިލްތައް ހިންގުމުގައި ނިންމާ މުހިއްމު ނިންމުންތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ދިނުމަށް 4 މަހުން ބާއްވާ ބައްދަލުވުން، 31 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެރޭ 20:00 ގައި އއ. ފެރިދޫ ކައުންސިލްގެ އިދާރާގެ ޝަހީދުޢަލީ މާލަމްގައި އޮންނާނެއެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެލެއްވުން އެދި މިރަށުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

 ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

ބައްދަލުވުމުގެ އެޖެންޑާ:

  • ފާއިތުވެދިޔަ 4 މަސް ދުވަހު ކައުންސިލުން ކުރެވުނު ކަންތައްތައް ހިއްސާކުރުން 
  • ކުރިއަށް އޮތް 4 މަހު ކައުންސިލުން ކުރުމަށް ރޭވިފައިވާ ކަންތައްތައް ހިއްސާކުރުން 
  • މާޢުލޫމާތާއި ގުޅޭގޮތުން ސުވާލާއި ޖަވާބު
24 ޑިސެންބަރު 2024
ހޯދާ