ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2024/67
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި:
31 ޑިސެންބަރު 2024 20:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
4 މަހުން ރައްޔިތުންނާއި ބައްދަލުކުރުން:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަމްބަރ 107-1 ވަނަ މާއްދާގެ (ނ) ގައިވާ ކައުންސިލްތައް ހިންގުމުގައި ނިންމާ މުހިއްމު ނިންމުންތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ދިނުމަށް 4 މަހުން ބާއްވާ ބައްދަލުވުން، 31 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެރޭ 20:00 ގައި އއ. ފެރިދޫ ކައުންސިލްގެ އިދާރާގެ ޝަހީދުޢަލީ މާލަމްގައި އޮންނާނެއެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެލެއްވުން އެދި މިރަށުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ބައްދަލުވުމުގެ އެޖެންޑާ:
- ފާއިތުވެދިޔަ 4 މަސް ދުވަހު ކައުންސިލުން ކުރެވުނު ކަންތައްތައް ހިއްސާކުރުން
- ކުރިއަށް އޮތް 4 މަހު ކައުންސިލުން ކުރުމަށް ރޭވިފައިވާ ކަންތައްތައް ހިއްސާކުރުން
- މާޢުލޫމާތާއި ގުޅޭގޮތުން ސުވާލާއި ޖަވާބު
24 ޑިސެންބަރު 2024