ޅ. އަތޮޅު މަދަރުސާ، ޅ. ކުރެންދޫ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

                           އިޢުލާން ނަންބަރ:(IUL) GS-21/2024/28  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ބީލަމަކީ ޅ.އަތޮޅު މަދަރުސާގެ 2025 ވަނަ އަހަރު ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ޑިސެމްބަރ 19 އިން 2024 ޑިސެމްބަރ 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 11:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެމްބަރ 25 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޑިސެމްބަރ 25 ވާ ބުދަ ދުވަހުގެ 11:15 ގައި ޅ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 29 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ޅ.އަތޮޅު މަދަރުސާގެ އޭވީ ރޫމްގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި މަދަރުސާގެ އޮފީހުން ލިބެންހުންނާނެއެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ޅ.އަތޮޅު މަދަރުސާ

ޅ.ކުރެންދޫ، ދިވެހިރާއްޖެ.

ފޯން:  6620038

އީ-މެއިލް: [email protected]

19 ޑިސެންބަރު 2024
ހޯދާ