ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-21/2024/28
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި:
25 ޑިސެންބަރު 2024 11:00
ޅ. އަތޮޅު މަދަރުސާ، ޅ. ކުރެންދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން ނަންބަރ:(IUL) GS-21/2024/28
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ބީލަމަކީ ޅ.އަތޮޅު މަދަރުސާގެ 2025 ވަނަ އަހަރު ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ޑިސެމްބަރ 19 އިން 2024 ޑިސެމްބަރ 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 11:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެމްބަރ 25 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޑިސެމްބަރ 25 ވާ ބުދަ ދުވަހުގެ 11:15 ގައި ޅ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 29 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ޅ.އަތޮޅު މަދަރުސާގެ އޭވީ ރޫމްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި މަދަރުސާގެ އޮފީހުން ލިބެންހުންނާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ޅ.އަތޮޅު މަދަރުސާ
ޅ.ކުރެންދޫ، ދިވެހިރާއްޖެ.
ފޯން: 6620038
އީ-މެއިލް: [email protected]
19 ޑިސެންބަރު 2024