އިޢުލާނު
|
މަޤާމު:
|
ކައުންސިލް އެސިސްޓެންޓް ( ވޭޖް )
|
މަޤާމުގެ ނަންބަރު:
|
-
|
ބޭނުންވާ އަދަދު:
|
05 ފިރިހެން އަދި 05 އަންހެން
|
މަޤާމުގެ ގިންތި އާއި މުއްދަތު:
|
ވޭޖް (ވަޤުތީ ) ( 2025 ވަނަ އަހަރަށް )
|
މަޤާމުގެ ރޭންކު:
|
އެސް. އެސް. 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މިސްކިތްތައް
|
މުސާރަ:
|
މަސައްކަތް ކުރާ ގަޑީއަކަށް -/45 ( ސާޅީސް ފަހެއް ) ރުފިޔާ
|
މަސައްކަތު ވަގުތު:
|
-
|
އެހެނިހެން އެލަވަންސް:
|
-
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މިސްކިތާއި މިސްކިތުގެ ދޮރުތަކާއި ކަބަޑު، ފޮތް ހަރުގަނޑު، ފަންކާ، ހޮޅިބުރި، އޭސީ ފަދަ ތަކެތި ފޮޅައި ސާފުކުރުން
- މިސްކިތުގެ ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުން
- މިސްކިތު ވަޅުތައް ދިޔަހިއްކާ ސާފުތާހިރުކޮށް ބެލެހެއްޓުން
- މިސްކިތުގައި ދީނީ ދަރުސްދިނުން ފަދަ ޕްރޮގުރާމްތައް ބާއްވާނަމަ އެ ފަދަ ޕްރޮގުރާމްތައް ބޭއްވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން އިމާމަށާއި އިދާރާއަށް ދިނުން
- މިސްކިތުގައި ކުރާ މަރާމާތުތަކަށް އެހީތެރިވެދިނުން
- މިސްކިތުގައި ކުރަންޖެހިފައިވާ މަރާމާތުކުރުމުގެ މަސައްކަތްތައް އިމާމުގެ އަދި ކައުންސިލް އިދާރާގެ ސަމާލުކަމަށް ގެނައުން
- ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން
- ޖަމާޢަތުގެ ނަމާދު ނިމުމުން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން
- މިސްކިތުގެ ގޯތިތެރެއާއި، މިސްކިތުގެ ވަށައިގެންވާ މަގުތައް ވިނަ ނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
- މިސްކިތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން
- މިސްކިތް ސާފުކޮށް ނެގޭ ކުނި ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން އުކާލުން
- މިސްކިތުގެ ގޯތިތެރޭގައި ގައުޖަހާފައިވާ ތަންތަނުން ކޮންމެ ދުވަހަކު ވެލިތައް ކެހުމާއި، ގައުތަކުގައި ފެހިޖެހިޔަ ނުދީ ގައުތައް ދޮވެ ސާފުކުރުން
- މިސްކިތުގައި ބެހެއްޓިފައިވާ މުސްޙަފުތަކާއި ފޮތްތައް ފޮހެ ސާފުކުރުމާއި، މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން
- ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓުތައް ދިއްލުމާއި، ފަންކާތައް ޖެހުން
- ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާތަކާއި، ދިއްލާފައި ހުންނަ ލައިޓްތައް ނިއްވުމާއި، ދޮރުތައް ލެއްޕުން
- މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޚާއްޞަ ކުރެވިފައިވާ ބައިގައި ގަސްއިންދާ، ފެންދީ، ބެލެހެއްޓުމާއި، ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތައް ރީތިކޮށް ކޮށައި، ސާފުކޮށް ބެލެހެއްޓުން
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަން ކިޔަން އެނގުން.
- ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 (ފަހެއް) ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.
- ލިޔަން ކިޔަން އެނގޭކަމުގެ ލިޔުމެއް ހުށަހަޅާފައި ނުވާނަމަ އެފަދަ މީހުންނަށް ލިޔަން ކިޔަން އެނގޭތޯ ބެލުމަށްޓަކައި މި އިދާރާގެ ފަރާތުން އިމްތިޙާންކުރެވޭނެއެވެ.
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.
- ޞިއްޙަތު ސަލާމަތުންހުރި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް ނުވަތަ އައިޑީކާރޑް
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމް
- ތަމްރީން
- ލިބިފައިވާ މަސައްކަތު ދާއިރާގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ގައްދޫ ކައުންސިލްގެ އިދާރާއަށެވެ. ނަމަވެސް އިޢުލާނުގެ މުއްދަތު ހަމަވާއިރު މަޤާމަށް ބޭނުންވާ އަދަދަށް މީހުން ނުލިބޭ ކަމުގައިވާނަމަ އިޢުލާނުގައި ބުނާ އަދަދަށް މީހުން ހަމަވަންދެން ޕޫލަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 ޑިސެމްބަރ 2024 އާއި 30 ޑިސެމްބަރ 2024 އާ ދެމެދު، ގައްދޫ ކައުންސިލް އިދާރާގައެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7787791 އަށެވެ.
ނޯޓް: މަސައްކަތު މީހުންގެ ގޮތުގައި ވަގުތީ ގޮތުން ނެގޭ ބޭފުޅުންގެ ގޮތުގައި 65 އަހަރު ވެފައިވާ ބޭފުޅުން ނެގޭނީ 65 އަހަހަރު ނުވާ ބޭފުޅުން ނުލިބިއްޖެ ޙާލަތެއްގައެވެ.
|