ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)419-CAA/419/2024/152
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 20:58
ސުންގަޑި: 25 ޑިސެންބަރު 2024 13:30
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރަށް އެކުލަވާލާ މިސްކިތު މަސައްކަތު ޕޫލަށް މީހުން ހޯދުން

2025 ވަނަ އަހަރަށް އެކުލަވާލާ މިސްކިތު މަސައްކަތު ޕޫލަށް މީހުން ހޯދުން 

އިޢުލާނު

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް ( ވޭޖް )

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

05 ފިރިހެން އަދި 05 އަންހެން

މަޤާމުގެ ގިންތި އާއި މުއްދަތު:

ވޭޖް (ވަޤުތީ ) ( 2025 ވަނަ އަހަރަށް )

މަޤާމުގެ ރޭންކު:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މިސްކިތްތައް

މުސާރަ:

މަސައްކަތް ކުރާ ގަޑީއަކަށް -/45 ( ސާޅީސް ފަހެއް ) ރުފިޔާ

މަސައްކަތު ވަގުތު:

-

އެހެނިހެން އެލަވަންސް:

-

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިސްކިތާއި މިސްކިތުގެ ދޮރުތަކާއި ކަބަޑު، ފޮތް ހަރުގަނޑު، ފަންކާ، ހޮޅިބުރި، އޭސީ ފަދަ ތަކެތި ފޮޅައި ސާފުކުރުން
  2. މިސްކިތުގެ ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުން
  3. މިސްކިތު ވަޅުތައް ދިޔަހިއްކާ ސާފުތާހިރުކޮށް ބެލެހެއްޓުން
  4. މިސްކިތުގައި ދީނީ ދަރުސްދިނުން ފަދަ ޕްރޮގުރާމްތައް ބާއްވާނަމަ އެ ފަދަ ޕްރޮގުރާމްތައް ބޭއްވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން އިމާމަށާއި އިދާރާއަށް ދިނުން
  5. މިސްކިތުގައި ކުރާ މަރާމާތުތަކަށް އެހީތެރިވެދިނުން
  6. މިސްކިތުގައި ކުރަންޖެހިފައިވާ މަރާމާތުކުރުމުގެ މަސައްކަތްތައް އިމާމުގެ އަދި ކައުންސިލް އިދާރާގެ ސަމާލުކަމަށް ގެނައުން
  7. ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން
  8. ޖަމާޢަތުގެ ނަމާދު ނިމުމުން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން
  9. މިސްކިތުގެ ގޯތިތެރެއާއި، މިސްކިތުގެ ވަށައިގެންވާ މަގުތައް ވިނަ ނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
  10. މިސްކިތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން
  11. މިސްކިތް ސާފުކޮށް ނެގޭ ކުނި ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން އުކާލުން
  12. މިސްކިތުގެ ގޯތިތެރޭގައި ގައުޖަހާފައިވާ ތަންތަނުން ކޮންމެ ދުވަހަކު ވެލިތައް ކެހުމާއި، ގައުތަކުގައި ފެހިޖެހިޔަ ނުދީ ގައުތައް ދޮވެ ސާފުކުރުން
  13. މިސްކިތުގައި ބެހެއްޓިފައިވާ މުސްޙަފުތަކާއި ފޮތްތައް ފޮހެ ސާފުކުރުމާއި، މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން
  14. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓުތައް ދިއްލުމާއި، ފަންކާތައް ޖެހުން
  15. ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާތަކާއި، ދިއްލާފައި ހުންނަ ލައިޓްތައް ނިއްވުމާއި، ދޮރުތައް ލެއްޕުން
  16. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޚާއްޞަ ކުރެވިފައިވާ ބައިގައި ގަސްއިންދާ، ފެންދީ، ބެލެހެއްޓުމާއި، ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތައް ރީތިކޮށް ކޮށައި، ސާފުކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން.
  2. ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 (ފަހެއް) ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.
  3. ލިޔަން ކިޔަން އެނގޭކަމުގެ ލިޔުމެއް ހުށަހަޅާފައި ނުވާނަމަ އެފަދަ މީހުންނަށް ލިޔަން ކިޔަން އެނގޭތޯ ބެލުމަށްޓަކައި މި އިދާރާގެ ފަރާތުން އިމްތިޙާންކުރެވޭނެއެވެ.
  4. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.
  5. ޞިއްޙަތު ސަލާމަތުންހުރި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

  • ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް ނުވަތަ އައިޑީކާރޑް
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމް
  • ތަމްރީން
  • ލިބިފައިވާ މަސައްކަތު ދާއިރާގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ގައްދޫ ކައުންސިލްގެ އިދާރާއަށެވެ. ނަމަވެސް އިޢުލާނުގެ މުއްދަތު ހަމަވާއިރު މަޤާމަށް ބޭނުންވާ އަދަދަށް މީހުން ނުލިބޭ ކަމުގައިވާނަމަ އިޢުލާނުގައި ބުނާ އަދަދަށް މީހުން ހަމަވަންދެން ޕޫލަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28  ޑިސެމްބަރ 2024 އާއި 30 ޑިސެމްބަރ 2024 އާ ދެމެދު، ގައްދޫ ކައުންސިލް އިދާރާގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7787791 އަށެވެ.

 

ނޯޓް: މަސައްކަތު މީހުންގެ ގޮތުގައި ވަގުތީ ގޮތުން ނެގޭ ބޭފުޅުންގެ ގޮތުގައި 65 އަހަރު ވެފައިވާ ބޭފުޅުން ނެގޭނީ 65 އަހަހަރު ނުވާ ބޭފުޅުން ނުލިބިއްޖެ ޙާލަތެއްގައެވެ.

 

15  ޑިސެމްބަރ  2024

 

 

                                                         ފާޠިމަތު ރުކްޝާނާ

                                                         ސެކްރެޓަރީ ޖެނެރަލް

15 ޑިސެންބަރު 2024