ދިވެހިރާއްޖެ
ގައިޑް ދުވުންތެރިން
ބޭނުންވާ އަދަދު: 1
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ދަށުން ޕެރާ އެތުލެޓިކްސް ގައި ތަމްރީނުވަމުންދާ އަންހެން ބްލައިންޑް އެތުލީޓާއެކު ދުވާނެ ގައިޑް ދުވުންތެރިއެއް ބޭނުންވެއެވެ.
އެލަވަންސް: ކޮންމެ މަހަކު ތާވަލުކުރެވޭ %80 ތަމްރީނުތަކަށް ހާޟިރުވެއްޖެނަމަ 5000 ދިވެހި ރުފިޔާގެ އެލަވަންސް.
ޝަރުތު: 100 މީޓަރު 15 އާއި 17 ސިކުންތާއި ދެމެދު ދުވެވޭ ފަރާތަކަށްވުން
މަސްއޫލިއްޔަތު: ޕެރާ އެތުލެޓިކްސްގައި ތަމްރީނުވަމުންދާ އަންހެން ބްލައިންޑް އެތުލީޓާއެކު ޝެޑިއުލް ކުރެވިފައިވާ ދުވަސްތަކުގައި ތަމްރީނުތައް ފުރިހަމަ ކުރުން.
ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބިއްޖެނަމަ އެމުބާރާތްތަކުގައި ބްލައިންޑް އެތުލީޓާއެކު ދަތުރުކުރުމާއި މުބާރާތުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
އެތުލެޓިކްސް މުބާރާތެއްގައި ދުވެފައިވާނަމަ އެކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ
އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި: 22 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކޮމިޓީގެ ރަސްމީ އީމެއިލް [email protected] އަށް ހުށާހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ޝައުގުވެރިކަން ފާޅުކޮށް އީމެއިލް ކުރުން.
އިތުރު މައުލޫމާތު: އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 7709181 ނަންބަރު ފޯނަށެވެ.