ޢާންމު މަޢުލޫމާތު
ނަންބަރު: 1
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 22 ޑިސެންބަރު 2024 00:00
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
ގައިޑް ދުވުންތެރިން ހޯދުމަށް

ގައިޑް ދުވުންތެރިން

ބޭނުންވާ އަދަދު: 1

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ދަށުން ޕެރާ އެތުލެޓިކްސް ގައި ތަމްރީނުވަމުންދާ އަންހެން ބްލައިންޑް އެތުލީޓާއެކު ދުވާނެ ގައިޑް ދުވުންތެރިއެއް ބޭނުންވެއެވެ.

އެލަވަންސް: ކޮންމެ މަހަކު ތާވަލުކުރެވޭ %80 ތަމްރީނުތަކަށް ހާޟިރުވެއްޖެނަމަ 5000 ދިވެހި ރުފިޔާގެ އެލަވަންސް.

ޝަރުތު: 100 މީޓަރު 15 އާއި 17 ސިކުންތާއި ދެމެދު ދުވެވޭ ފަރާތަކަށްވުން

މަސްއޫލިއްޔަތު: ޕެރާ އެތުލެޓިކްސްގައި ތަމްރީނުވަމުންދާ އަންހެން ބްލައިންޑް އެތުލީޓާއެކު ޝެޑިއުލް ކުރެވިފައިވާ ދުވަސްތަކުގައި ތަމްރީނުތައް ފުރިހަމަ ކުރުން.

ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބިއްޖެނަމަ އެމުބާރާތްތަކުގައި ބްލައިންޑް އެތުލީޓާއެކު ދަތުރުކުރުމާއި މުބާރާތުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އެތުލެޓިކްސް މުބާރާތެއްގައި ދުވެފައިވާނަމަ އެކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި: 22 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކޮމިޓީގެ ރަސްމީ އީމެއިލް [email protected] އަށް ހުށާހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ޝައުގުވެރިކަން ފާޅުކޮށް އީމެއިލް ކުރުން.

އިތުރު މައުލޫމާތު: އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 7709181 ނަންބަރު ފޯނަށެވެ.

15 ޑިސެންބަރު 2024