މަޤާމުގެ ނަން: މެއިންޓަނަންސް އޮފިސަރ (ކޮންޓްރެކްޓް)
|
މުސާރަ: -/4465 ރުފިޔާ
|
ސާރވިސް އެލަވަންސް: -/1500 ރުފިޔާ
|
ރޭންކް: ޖީ.އެސް 3
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު: 1
|
މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު
|
މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް
|
ޝަރުޠު:
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން/ މެއިންޓަނަންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން/ މެއިންޓަނަންސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވުން.
- މަރުކަޒުތަކުގެ ސާފުތާހިރުކަން ހުރީ އެންމެ ރަނގަޅަށްތޯ ބަލާ ސުޕަރވައިޒަރަށް ރިޕޯޓު ކުރުން.
- މަރުކަޒުތަކަށް އަންނަ ފަރާތްތަކާއި އެކު ގާތް ގުޅުމެއް ބާއްވާ، މަރުކަޒުން ރަނގަޅު ކުރަންވީ ކަންތައްތައް ފާހަގަކޮށް ސުޕަރވައިޒަރަށް ރިޕޯޓުކުރުން.
- ސެކްޝަންގެ ދަށުން ހިންގާ ތަންތަނަށް ގޮސް މެއިންޓަނަންސްގެ ގޮތުން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބެލުން.
- ސެކްޝަންގެ މެއިންޓަނަންސް މަސައްކަތްތަކަށް ޝެޑިއުލެއް ތައްޔާރު ކުރުމަށްފަހު އެއާ އެއްގޮތަށް މަސައްކަތް ކުރުން.
- މަރުކަޒުތަކުގެ ޒީނަތްތެރި ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއެކު މި ކަންކަން ބަލާ ހޯދާ އަހަރީ ޕްލޭނެއްގެ ދަށުން މަސައްކަތްކުރުން.
- ޕީ.އެސް.އައި.ޕީގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ސެކްޝަނަށް މެއިންޓަނަންސްގެ ގޮތުން ބޭނުންވާ ކަންކަމަށް ހިނގާނޭ ޚަރަދު ހޯދާ ބަޖެޓް ބާކީ ކުރަމުން ގެންދިއުން.
- މެއިންޓަނަންސްގެ ގޮތުން ކުރަންޖެހޭ ކަންކަމުގައި ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވުން.
- އެގްރިމަންޓް ކުރެވޭ މެއިންޓަނަންސްގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުން އަދި ސުޕަވައިޒަރަށް ރިޕޯޓުކުރުން.
- މަރުކަޒުތަކުން ބައްވާ އިވެންޓްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
- މަސައްކަތާ ގުޅޭގޮތުން ފައިލް ކުރަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ފައިލް ކުރުން.
|
ނޯޓް:
- މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
- ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށްބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
|
- ސުންގަޑި: 2015 ޖުލައި 20 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން
- އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- ވެބް ސައިޓް އެޑްރެސް www.youth.gov.mv
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް
|