ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2015/223
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 20 ޖުލައި 2015 13:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
މެއިންޓަނަންސް އޮފިސަރ (ކޮންޓްރެކްޓް)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: މެއިންޓަނަންސް އޮފިސަރ (ކޮންޓްރެކްޓް)

މުސާރަ: -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް

ޝަރުޠު:

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން/ މެއިންޓަނަންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން/ މެއިންޓަނަންސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވުން.
  • މަރުކަޒުތަކުގެ ސާފުތާހިރުކަން ހުރީ އެންމެ ރަނގަޅަށްތޯ ބަލާ ސުޕަރވައިޒަރަށް ރިޕޯޓު ކުރުން.
  • މަރުކަޒުތަކަށް އަންނަ ފަރާތްތަކާއި އެކު ގާތް ގުޅުމެއް ބާއްވާ، މަރުކަޒުން ރަނގަޅު ކުރަންވީ ކަންތައްތައް ފާހަގަކޮށް ސުޕަރވައިޒަރަށް ރިޕޯޓުކުރުން.
  • ސެކްޝަންގެ ދަށުން ހިންގާ ތަންތަނަށް ގޮސް މެއިންޓަނަންސްގެ ގޮތުން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބެލުން.
  • ސެކްޝަންގެ މެއިންޓަނަންސް މަސައްކަތްތަކަށް ޝެޑިއުލެއް ތައްޔާރު ކުރުމަށްފަހު އެއާ އެއްގޮތަށް މަސައްކަތް ކުރުން.
  • މަރުކަޒުތަކުގެ ޒީނަތްތެރި ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއެކު މި ކަންކަން ބަލާ ހޯދާ އަހަރީ ޕްލޭނެއްގެ ދަށުން މަސައްކަތްކުރުން.
  • ޕީ.އެސް.އައި.ޕީގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ސެކްޝަނަށް މެއިންޓަނަންސްގެ ގޮތުން ބޭނުންވާ ކަންކަމަށް ހިނގާނޭ ޚަރަދު ހޯދާ ބަޖެޓް ބާކީ ކުރަމުން ގެންދިއުން.
  • މެއިންޓަނަންސްގެ ގޮތުން ކުރަންޖެހޭ ކަންކަމުގައި ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވުން.
  • އެގްރިމަންޓް ކުރެވޭ މެއިންޓަނަންސްގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުން އަދި ސުޕަވައިޒަރަށް ރިޕޯޓުކުރުން.
  • މަރުކަޒުތަކުން ބައްވާ އިވެންޓްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  • މަސައްކަތާ ގުޅޭގޮތުން ފައިލް ކުރަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ފައިލް ކުރުން.

ނޯޓް:

  • މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
  • މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  • މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށްބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
  • ސުންގަޑި: 2015 ޖުލައި 20 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

19 ރަމަޟާން 1436

06 ޖުލައި 2015