މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަލަހިޔާ ޢިމާރާތް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް "ނަލަހިޔާ" ޢިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރަގެ ނަންބަރު: (IUL)366/2024/61 ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެކަމަސައްކަތަށް ކުރިމަތިލާފައި ނުވާތީ އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު  ހުޅުވާލަމެވެ.

ވީމާ، ނަލަހިޔާ ޢިމާރާތް ފޮޅައި ސާފުކުރުމަށް ބޭނުންވާ ތަކެތި މިއިދާރާއިން ފޯރުކޮށް ދިނުމުން މަހަކު -/750 ރުފިޔާ އާއި -/500 ރުފިޔާ އާއި ދެމެދުގެ އަގެއްގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން (ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އަކާއިއެކު) އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު "ނަލަހިޔާ" ޢިމާރާތް ފޮޅައި ސާފުކުރުމުގެ މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް ޢާއްމު ކުރީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

08 ޑިސެންބަރު 2024
ހޯދާ