ދިވެހިރާއްޖެ
ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް "ނަލަހިޔާ" ޢިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރަގެ ނަންބަރު: (IUL)366/2024/61 ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެކަމަސައްކަތަށް ކުރިމަތިލާފައި ނުވާތީ އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ނަލަހިޔާ ޢިމާރާތް ފޮޅައި ސާފުކުރުމަށް ބޭނުންވާ ތަކެތި މިއިދާރާއިން ފޯރުކޮށް ދިނުމުން މަހަކު -/750 ރުފިޔާ އާއި -/500 ރުފިޔާ އާއި ދެމެދުގެ އަގެއްގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން (ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އަކާއިއެކު) އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު "ނަލަހިޔާ" ޢިމާރާތް ފޮޅައި ސާފުކުރުމުގެ މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް ޢާއްމު ކުރީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.