ދިވެހިރާއްޖެ
FSM-ADV/2024/105
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮފިސަރ، ކޯޕަރޭޓް އެފެއާރސް އެންޑް ޕީ.އާރް |
ޑިޕާޓްމަންޓް/ސެކްސަން: |
ކޯޕަރޭޓް އެފެއާރސް އެންޑް ޕީ.އާރް |
ބޭނުންވާ އަދަދު: |
01 |
ޝަރުތުތައް: |
- ޑިޕްލޮމާ އިން ގްރެފިކް ޑިޒައިން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން - ޑިޒައިން ކުރުމާއި ކޮންޓެންޓް ހެދުމާއި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން - މައިކްރޯސޮފްޓް އޮފީސް، ފޮޓޯ އަދި ވީޑިއޯ އެޑިޓިން ސޮފްޓްވެއާތަކުގެ ތެރެއިން އެޑޯބް، އިލަސްޓްރޭޓަރ އަދި ފޮޓޯޝޮޕް ފަދަ ސޮފްޓްވެއާ ތަކުގައި މަސައްކަތް ކުރަން ފަރިތަކަމާއެކު އެނގުން |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- ވެބްސައިޓާއި ސޯޝަލް މީޑިއާއަށް ކޮންޓެންޓް ހެދުން - އިވެންޓްތައް އިންތިޒާމުކުރުމާއި ރޭވުމުގައި އެހީތެރިވެދިނުން - ކުންފުނިން ހިންގާ އަދި ބައިވެރިވާ އިވެންޓްތަކާއި އެހެން ހަރަކާތްތަކުގެ ފޮޓޯ/ވީޑިއޯ ނެގުން - މާޗަންޑައިޒް ސްޓޮކް ބެލެހެއްޓުން - ޕަބްލިކް ރިލޭޝަންސްގެ މަސައްކަތްތައް ބެލެހެއްޓުން - ކޯޕަރޭޓް އެފެއާރސްގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް.އެސް.އެމް ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 10 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
05 ޑިސެމްބަރ 2024