ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2024/105
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:30
ސުންގަޑި: 10 ޑިސެންބަރު 2024 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2024/105

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮފިސަރ، ކޯޕަރޭޓް އެފެއާރސް އެންޑް ޕީ.އާރް

ޑިޕާޓްމަންޓް/ސެކްސަން:

ކޯޕަރޭޓް އެފެއާރސް އެންޑް ޕީ.އާރް

ބޭނުންވާ އަދަދު:

01

ޝަރުތުތައް:

-        ޑިޕްލޮމާ އިން ގްރެފިކް ޑިޒައިން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން  ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން

-        ޑިޒައިން ކުރުމާއި ކޮންޓެންޓް ހެދުމާއި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން

-        މައިކްރޯސޮފްޓް އޮފީސް، ފޮޓޯ އަދި ވީޑިއޯ އެޑިޓިން ސޮފްޓްވެއާތަކުގެ ތެރެއިން އެޑޯބް، އިލަސްޓްރޭޓަރ އަދި ފޮޓޯޝޮޕް ފަދަ ސޮފްޓްވެއާ ތަކުގައި މަސައްކަތް ކުރަން ފަރިތަކަމާއެކު އެނގުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ވެބްސައިޓާއި ސޯޝަލް މީޑިއާއަށް ކޮންޓެންޓް ހެދުން

- އިވެންޓްތައް އިންތިޒާމުކުރުމާއި ރޭވުމުގައި އެހީތެރިވެދިނުން

- ކުންފުނިން ހިންގާ އަދި ބައިވެރިވާ އިވެންޓްތަކާއި އެހެން ހަރަކާތްތަކުގެ ފޮޓޯ/ވީޑިއޯ ނެގުން

- މާޗަންޑައިޒް ސްޓޮކް ބެލެހެއްޓުން

- ޕަބްލިކް ރިލޭޝަންސްގެ މަސައްކަތްތައް ބެލެހެއްޓުން

- ކޯޕަރޭޓް އެފެއާރސްގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 10 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

05 ޑިސެމްބަރ 2024

05 ޑިސެންބަރު 2024