މަޤާމު: މެނޭޖަރ ޕްރޮޖެކްޓްސް
|
މުސާރައާއި އެލަވަންސް:
|
މަހަކު -/17500 ރުފިޔާ
|
މަޤާމުގެ ރޭންކް
|
EX3
|
ބޭނުންވާ އަދަދު
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެޑްމިނިސްޓްރޭޝަން
|
މަޤާމުގެ ޝަރުޠު:
|
މަޤާމުގެ މަސްއޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3(ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5(ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އާކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑްރޯވިންގސްތަކާއި ސްޕެސިފިކޭޝަންތައް ދިމާވޭތޯބަލައި ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
- ސްޓްރަކްޗަރަލް ޑިޒައިން އަދި ޕްރޮޖެކްޓް ޑްރާފިންގ ގެ މަސައްކަތްތައް ބެލެހެއްޓުން
- ކަނޑައެޅިފައިވާ ތާރީޚުތަކަށް ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ނިންމުމަށް، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާ ބެލެހެއްޓުން
- ޕްރޮޖެކްޓް ތަކަށް ބޭނުންވާ ބަޖެޓާއި ކޯސްޓް ޓްރެކިންގ ރިޕޯޓުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދިނުން
- ޕްރޮޖެކްޓް ތަކުގެ ކޮންސްޓްރަކްޝަން އާއި މެއިންޓަނަންސް އާ ގުޅުންހުރި ކަންތައްތައް އެކުލަވާލައި ރާވާ ބެލެހެއްޓުން
- މަސައްކަތްތަކަށް ބޭނުންކުރާ ތަކެއްޗާއި ޚިދުމަތްތައް ބޭނުންކުރެވެނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ބަލައި ޔަގީންކުރުން
- ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި ދިމާވާ މައްސަލަތަކަށް، ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށް ހައްލުހޯދުން
- ކުންފުނިން ހިންގާ ޕްރޮޖެކްޓްތައް ރާވާ ހިންގައި ބެލެހެއްޓުން
- ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލެހެއްޓުން
- ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ބިލްޑިންގ ސޭފްޓީ ކޯޑާއި އަދިވެސް އެހެނިހެން ގަވާއިދުތަކާއި އެއްގޮތަށްކަން ބަލައި ޔަގީންކުރުން
|
|
- ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ތިމާވެށީގެ ގަވާއިދުތަކާ އެއްގޮތަށްކަން ބަލައި ޔަގީންކުރުން
- ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެހެން ޑިޕާޓްމަންޓްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި އިރުޝާދު ހޯދުން
- މަސައްކަތްތައް ކުރިއަށް ގެންދެވެނީ ކޮންސްޓްރަކްޝަން އުސޫލުތަކާ އެއްގޮތަށްކަން ޔަގީން ކުރުމަށް، މަސައްކަތުގެ ތެރޭގައި ދިމާވާ ގެއްލުންތަކާއި އެކްސިޑެންޓްތައް އަދި ކަނޑައެޅިފައިވާ ވަގުތައް ނުނިންމޭ މަސައްކަތްތައް ތަހުގީގުކުރުން
- ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްތައް އެކުލަވާލުމުގެ މަސައްކަތްތައް ބަލަހައްޓައި ބޭނުންވާ އިރު ޝާދުދީ އަދި ކޮންޓްރެކްޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުން
|
ވަޒީފާ އަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން
- ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ޕްރޮޖެކްޓްތައް އެކުލަވާލުމާއި މެނޭޖް ކުރުމާއި އެގްޒެކިއުޓް ކުރުމުގެ ތަޖުރިބާ
- މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަޓްގައި ބޭނުންކުރާ ސޮފްޓްވެއާރ ތަކަށް އަހުލުވެރިވުމާއެކު ޕްރޮޖެކްޓްތަކާއި ގުޅޭ ޓެކްނިކަލް މަޢުލޫމާތުތައް އެނގުން
- ކުއަންޓިޓީ ސާރވޭއިންގ ގެ ހުނަރާއި ޕްރޮޖެކް ކޯސްޓް އެނާލިސިސް އަދި ރިޕޯޓިންގ އަށް އަހުލުވެރިވުން
- ޕީއެމްޕީ ސާރޓިފިކޭޝަން އެއްހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ،
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|