ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/52
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 17:04
ސުންގަޑި: 16 ޖުލައި 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ ޕްރޮޖެކްޓްސް

ވަޒީފާގެ ފުރުޞަތު

މަޤާމު: މެނޭޖަރ ޕްރޮޖެކްޓްސް

މުސާރައާއި އެލަވަންސް:

މަހަކު -/17500 ރުފިޔާ

މަޤާމުގެ ރޭންކް

EX3

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސްއޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3(ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5(ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އާކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑްރޯވިންގސްތަކާއި ސްޕެސިފިކޭޝަންތައް ދިމާވޭތޯބަލައި ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • ސްޓްރަކްޗަރަލް ޑިޒައިން އަދި ޕްރޮޖެކްޓް ޑްރާފިންގ ގެ މަސައްކަތްތައް ބެލެހެއްޓުން
  • ކަނޑައެޅިފައިވާ ތާރީޚުތަކަށް ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ނިންމުމަށް، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާ ބެލެހެއްޓުން
  • ޕްރޮޖެކްޓް ތަކަށް ބޭނުންވާ ބަޖެޓާއި ކޯސްޓް ޓްރެކިންގ ރިޕޯޓުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދިނުން
  • ޕްރޮޖެކްޓް ތަކުގެ ކޮންސްޓްރަކްޝަން އާއި މެއިންޓަނަންސް އާ ގުޅުންހުރި ކަންތައްތައް އެކުލަވާލައި ރާވާ ބެލެހެއްޓުން
  • މަސައްކަތްތަކަށް ބޭނުންކުރާ ތަކެއްޗާއި ޚިދުމަތްތައް ބޭނުންކުރެވެނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ބަލައި ޔަގީންކުރުން
  • ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި ދިމާވާ މައްސަލަތަކަށް، ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށް ހައްލުހޯދުން
  • ކުންފުނިން ހިންގާ ޕްރޮޖެކްޓްތައް ރާވާ ހިންގައި ބެލެހެއްޓުން
  • ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލެހެއްޓުން
  • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ބިލްޑިންގ ސޭފްޓީ ކޯޑާއި އަދިވެސް އެހެނިހެން ގަވާއިދުތަކާއި އެއްގޮތަށްކަން ބަލައި ޔަގީންކުރުން

 

  • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ތިމާވެށީގެ ގަވާއިދުތަކާ އެއްގޮތަށްކަން ބަލައި ޔަގީންކުރުން
  • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެހެން ޑިޕާޓްމަންޓްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި އިރުޝާދު ހޯދުން
  • މަސައްކަތްތައް ކުރިއަށް ގެންދެވެނީ ކޮންސްޓްރަކްޝަން އުސޫލުތަކާ އެއްގޮތަށްކަން ޔަގީން ކުރުމަށް، މަސައްކަތުގެ ތެރޭގައި ދިމާވާ ގެއްލުންތަކާއި އެކްސިޑެންޓްތައް އަދި ކަނޑައެޅިފައިވާ ވަގުތައް ނުނިންމޭ މަސައްކަތްތައް ތަހުގީގުކުރުން
  • ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްތައް އެކުލަވާލުމުގެ މަސައްކަތްތައް ބަލަހައްޓައި ބޭނުންވާ އިރު ޝާދުދީ އަދި ކޮންޓްރެކްޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުން

ވަޒީފާ އަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ޕްރޮޖެކްޓްތައް އެކުލަވާލުމާއި މެނޭޖް ކުރުމާއި އެގްޒެކިއުޓް ކުރުމުގެ ތަޖުރިބާ
  • މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަޓްގައި ބޭނުންކުރާ ސޮފްޓްވެއާރ ތަކަށް އަހުލުވެރިވުމާއެކު ޕްރޮޖެކްޓްތަކާއި ގުޅޭ ޓެކްނިކަލް މަޢުލޫމާތުތައް އެނގުން
  • ކުއަންޓިޓީ ސާރވޭއިންގ ގެ ހުނަރާއި ޕްރޮޖެކް ކޯސްޓް އެނާލިސިސް އަދި ރިޕޯޓިންގ އަށް އަހުލުވެރިވުން
  • ޕީއެމްޕީ ސާރޓިފިކޭޝަން އެއްހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ،

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

19 ރަމަޟާން 1436

06 ޖުލައި 2015