މަޤާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މުސާރަ އާއި އެލަވަނސް
|
މަހަކު -/10،000 ރުފިޔާ
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ ރޭންކް
|
AS 3
|
ބޭނުންވާ އަދަދު
|
03
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެގްޒެކްޓިވް ބިއުރޯ
|
މަޤާމުގެ ޝަރުޠު:
|
ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕލޮމާއެއް އޮތުމާއެކު ދާއިރާގެ 2 (ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާއިން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ނުވަތަ ދާއިރާގެ 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސީނިއަރ މޭޖްމަންޓްގެ މީޓިންގތަކާއި އެޕޮއިންޓްމަންޓަކުގެ ތާރީޚުތަކާއި ގަޑިތަކާއި ތަންތަން ކަނޑައަޅައި، އެ މީޓިންގތައް އިންތިޒާމްކުރުމާ އެކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން؛
- ސީނިއަރ މޭޖްމަންޓް ބައިވެރިވާ އެކިކަހަލަ މީޓިންގތަކަށް ބޭނުންވާ ކަމާގުޅޭ މަޢުލޫމާތު އެއްކޮށްދީ، ލިޔެކިޔުންތައް ތައްޔާރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން؛
- އެގްޒެކެޓިވް ބިއުރޯއިން ތަންފީޒުކުރާ ސިޔާސަތުތަކާއި ގަވާއިދުތަކާއި ގައިޑްލައިންތަކުގެ ކަންކަން ކުރިޔަށް ގެންދެވުމަށާއި ދިފާޢުކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިދނުން؛
- ސީނިއަރ މޭޖްމަންޓްއިން އެކި ފަރާތްތަކަށް ޖަވާބުދާރީވުމަށް ބޭނުންވާ ދިރާސާތައް ކޮށް، މަޢުލޫމާތުތައް ތައްޔާރުކުރުމަށް އެހީތެރިކަން ލިބިދިނުން؛
- ކުންފުނީގެ އިސް މެނޭޖްމަންޓްގެ ފަރާތުން ކުންފުނީގެ ވެރިންނަށް އަންގަވާ އެންގެވުންތަކާއި ދެއްވާ އިރުޝާދުތަކުގެ ލިޔުންތައް ނެރުމާއި ރައްދުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
- ސީނިއަރ މޭޖްމަންޓްއިން ޑިޕާޓްމަންޓްތަކާއި ވެރިންނާއި މުވައްޒަފުންނާ ޙަވާލުކުރާ ކަންކަން ހިނގަމުންދާ ގޮތުގެ އަޕްޑޭޓްތައް ހޯދައި އެ މަޢުލޫމާތު ސީނިއަރ މޭޖްމަންޓް ހުށަހަޅަމުން ގެންދިއުން؛
- ކުންފުނީގެ މެނޭޖްމަންޓުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމުގައި މެނޭޖިންގ ޑިރެކްޓަރަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިދިނުން؛
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެދޭ ލިޔުންތަކާއި މަޢުލޫމާތު، އެ ބޯޑަށް ފޮނުވުއްވުމުގައި އިސް މެނޭޖިން މެނޭޖްމަންޓްއަށް އެހީތެރިވެދިނުމާއި އަދި ޑިރެކްޓަރުންގެ ބޯޑުން އެދިވަޑައިގެން މެނޭޖްމަންޓުން ޑިރެކޓަރުންގެ ބޯޑަށް ކޮށްދޭން ކަންކަމުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސެމުގެ ކަންކަން ކޯޑިނޭޓްކުރުން.
- ޑިރެޓަރުންގެ ބޯޑުން މެނޭޖްމަންޓަށް ފޮނުއްވާ ޑޮކިއުމެންޓްތަކާ ޙަވާލުވުމާއި ބެލެހެއްޓުމާއި އެއަށް މެނޭޖިންގ ޑިރެކްޓަރ އަންގާގޮތަކަށް ޢަމަލުކުރުން.
- ކުންފުންޏަށް ހުށަހެޅޭ ސިޓީތަކާއި އެހެނިހެން ލިޔުންތަކުގެ ތެރެއިން، މެނޭޖިންގ ޑިރެކްޓަރު ގޮތެއް ނިންމަންޖެހޭ ނުވަތަ މެނޭޖިންގ ޑިރެކްޓަރ ވަކި ޑައިރެކްޝަނެއް ދައްކަންޖެހޭ ލިޔުންތައް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުމާއި މެނޭޖިންގ ޑިރެކްޓަރ އަންގާ ގޮތަކަށް އެކަމެއްގައި ޢަމަލުކުރުން؛
- ކުންފުނީގެ އެންމެ އިސް ސިއްރުތައް ހިފެހެއްޓުމަށް މަތީފެންވަރެއްގައި މަސައްކަތްކުރުން؛
- އިސްމެނޭޖްމަންޓުގެ ސެކްރެޓްރީއެއްގެ މަސްއޫލިއްޔަތާ ގުޅުންހުރި އެހެން މަސައްކަތްތައް ކުރުން.
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
- ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|