ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/61
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 16 ޖުލައި 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ އާއި އެލަވަނސް

މަހަކު -/10،000 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ރޭންކް

AS 3

ބޭނުންވާ އަދަދު

03

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެގްޒެކްޓިވް ބިއުރޯ

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕލޮމާއެއް އޮތުމާއެކު ދާއިރާގެ 2 (ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާއިން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ނުވަތަ ދާއިރާގެ 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ސީނިއަރ މޭޖްމަންޓްގެ  މީޓިންގތަކާއި އެޕޮއިންޓްމަންޓަކުގެ ތާރީޚުތަކާއި ގަޑިތަކާއި ތަންތަން ކަނޑައަޅައި، އެ މީޓިންގތައް އިންތިޒާމްކުރުމާ އެކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން؛
  • ސީނިއަރ މޭޖްމަންޓް ބައިވެރިވާ އެކިކަހަލަ މީޓިންގތަކަށް ބޭނުންވާ ކަމާގުޅޭ މަޢުލޫމާތު އެއްކޮށްދީ، ލިޔެކިޔުންތައް ތައްޔާރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން؛
  • އެގްޒެކެޓިވް ބިއުރޯއިން ތަންފީޒުކުރާ ސިޔާސަތުތަކާއި ގަވާއިދުތަކާއި ގައިޑްލައިންތަކުގެ ކަންކަން ކުރިޔަށް ގެންދެވުމަށާއި ދިފާޢުކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިދނުން؛
  • ސީނިއަރ މޭޖްމަންޓްއިން އެކި ފަރާތްތަކަށް ޖަވާބުދާރީވުމަށް ބޭނުންވާ ދިރާސާތައް ކޮށް، މަޢުލޫމާތުތައް ތައްޔާރުކުރުމަށް އެހީތެރިކަން ލިބިދިނުން؛
  • ކުންފުނީގެ އިސް މެނޭޖްމަންޓްގެ ފަރާތުން ކުންފުނީގެ ވެރިންނަށް އަންގަވާ އެންގެވުންތަކާއި ދެއްވާ އިރުޝާދުތަކުގެ ލިޔުންތައް ނެރުމާއި ރައްދުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން؛ 
  • ސީނިއަރ މޭޖްމަންޓްއިން ޑިޕާޓްމަންޓްތަކާއި ވެރިންނާއި މުވައްޒަފުންނާ ޙަވާލުކުރާ ކަންކަން ހިނގަމުންދާ ގޮތުގެ އަޕްޑޭޓްތައް ހޯދައި އެ މަޢުލޫމާތު ސީނިއަރ މޭޖްމަންޓް ހުށަހަޅަމުން ގެންދިއުން؛
  • ކުންފުނީގެ މެނޭޖްމަންޓުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމުގައި މެނޭޖިންގ ޑިރެކްޓަރަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިދިނުން؛
  • ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެދޭ ލިޔުންތަކާއި މަޢުލޫމާތު، އެ ބޯޑަށް ފޮނުވުއްވުމުގައި އިސް މެނޭޖިން މެނޭޖްމަންޓްއަށް އެހީތެރިވެދިނުމާއި އަދި ޑިރެކްޓަރުންގެ ބޯޑުން އެދިވަޑައިގެން މެނޭޖްމަންޓުން ޑިރެކޓަރުންގެ ބޯޑަށް ކޮށްދޭން ކަންކަމުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސެމުގެ ކަންކަން ކޯޑިނޭޓްކުރުން.
  • ޑިރެޓަރުންގެ ބޯޑުން މެނޭޖްމަންޓަށް ފޮނުއްވާ ޑޮކިއުމެންޓްތަކާ ޙަވާލުވުމާއި ބެލެހެއްޓުމާއި އެއަށް މެނޭޖިންގ ޑިރެކްޓަރ އަންގާގޮތަކަށް ޢަމަލުކުރުން.
  • ކުންފުންޏަށް ހުށަހެޅޭ ސިޓީތަކާއި އެހެނިހެން ލިޔުންތަކުގެ ތެރެއިން، މެނޭޖިންގ ޑިރެކްޓަރު ގޮތެއް ނިންމަންޖެހޭ ނުވަތަ މެނޭޖިންގ ޑިރެކްޓަރ ވަކި ޑައިރެކްޝަނެއް ދައްކަންޖެހޭ ލިޔުންތައް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުމާއި މެނޭޖިންގ ޑިރެކްޓަރ އަންގާ ގޮތަކަށް އެކަމެއްގައި ޢަމަލުކުރުން؛
  • ކުންފުނީގެ އެންމެ އިސް ސިއްރުތައް ހިފެހެއްޓުމަށް މަތީފެންވަރެއްގައި މަސައްކަތްކުރުން؛
  • އިސްމެނޭޖްމަންޓުގެ ސެކްރެޓްރީއެއްގެ މަސްއޫލިއްޔަތާ ގުޅުންހުރި އެހެން މަސައްކަތްތައް ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

19 ރަމަޟާން 1436

06 ޖުލައި 2015