ދިވެހިރާއްޖެ
މަސައްކަތް |
ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައެއްގައި ވަކާލާތު ކުރުން |
މަސައްކަތުގެ ތަފްސީލް |
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައެއް ގައި މި ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމަށްޓަކައި، އެ މައްސަލައާ ގުޅިގެން ކުރަންޖެހޭ ދިރާސާތައްކުރުމާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި ސުޕްރީމް ކޯޓުގައި މި ކޮމިޝަނުގެ ވަކީލެއްގެ ހައިސިއްޔަތުން ތަމްސީލުކުރުން |
އެއްބަސްވުމުގެ މުއްދަތު |
މަސައްކަތް ހަވާލުކުރެވޭ މުއްދަތަކީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެނެވެ. މި މުއްދަތުގެ ތެރޭގައި، ސުޕްރީމް ކޯޓުގައި ވަކާލާތު ކުރާނެ އިތުރު މައްސަލައެއް އައިސްފިނަމަ، މުއްދަތު އިތުރުކުރުމަށް ކޮމިޝަނުން ނިންމައިފިނަމަ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ. |
އުޖޫރަ |
- މި މަސައްކަތަށް ހޮވޭ ފަރާތަކަށް ރިޓެއިނަރ ފީ ގެ ގޮތޮގައި މަހަކު -/10،000 (ދިހަހާސް) ރުފިޔާ މީގެ އިތުރުން ކޯޓުގައި މައްސަލައިގެ އަޑުއެހުމުގައި ހޭދަވާ ކޮންމެ ގަޑި އިރަކަށް -/500 (ފަސްސަތޭކަ) ރުފިޔާ |
ތަޢުލީމާއި ތަޖުރިބާ |
|
ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭ ތަކެތި |
|
ޕްރޮޕޯސަލް ހުށަހަޅަންވީ ސުންގަޑި |
މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޑިސެންބަރު 18 ވާ ބުދަ ދުވަހުގެ 13:00 އާ ހަމައަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާސިޓީ އާއި ހުށަހަޅަންޖެހޭކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުން އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. )އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ. އަދި ފޮނުވާ ލިޔެކިޔުންތައް އޮންލައިން ޑްރައިވްއެއްގައި ފޮނުވާނަމަ، މިކޮމިޝަނަށް ހުޅުވޭ ގޮތަށް އެކްސެސް ދީފައިވާންވާނެއެވެ.)
|
މަޢުލޫމާތު ސާފުކުރުން
|
މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، 3303501 ނަންބަރަށް ގުޅުއްވުން އެދެމެވެ. |