މަސައްކަތް
ނަންބަރު: ނަންބަރު:(IUL)195-A-HR/195/2024/47
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 18 ޑިސެންބަރު 2024 13:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު_ ޤާނޫނީ ވަކީލުކަން

މަސައްކަތް

ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައެއްގައި ވަކާލާތު ކުރުން

މަސައްކަތުގެ ތަފްސީލް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައެއް ގައި މި ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމަށްޓަކައި، އެ މައްސަލައާ ގުޅިގެން ކުރަންޖެހޭ ދިރާސާތައްކުރުމާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި ސުޕްރީމް ކޯޓުގައި މި ކޮމިޝަނުގެ ވަކީލެއްގެ ހައިސިއްޔަތުން ތަމްސީލުކުރުން

އެއްބަސްވުމުގެ މުއްދަތު

މަސައްކަތް ހަވާލުކުރެވޭ މުއްދަތަކީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެނެވެ.

މި މުއްދަތުގެ ތެރޭގައި، ސުޕްރީމް ކޯޓުގައި ވަކާލާތު ކުރާނެ އިތުރު މައްސަލައެއް އައިސްފިނަމަ، މުއްދަތު އިތުރުކުރުމަށް ކޮމިޝަނުން ނިންމައިފިނަމަ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

އުޖޫރަ

-    މި މަސައްކަތަށް ހޮވޭ ފަރާތަކަށް ރިޓެއިނަރ ފީ ގެ ގޮތޮގައި މަހަކު -/10،000 (ދިހަހާސް) ރުފިޔާ މީގެ އިތުރުން ކޯޓުގައި މައްސަލައިގެ އަޑުއެހުމުގައި ހޭދަވާ ކޮންމެ ގަޑި އިރަކަށް -/500 (ފަސްސަތޭކަ) ރުފިޔާ

ތަޢުލީމާއި ތަޖުރިބާ

  1. ދިވެހިރާއްޖޭގެ ޝަރުޢީކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތުމާއެކު ސުޕްރީމް ކޯޓުގައި ވެސް ވަކާލާތު ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމަށްވުން
  2. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރަން އެނގޭ ފަރާތަކަށްވުން.

ޕްރޮޕޯސަލާއެކު  ހުށަހަޅަންޖެހޭ ތަކެތި

  1. ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ
  2. ޤާނޫނީ ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ޕްރޮފައިލް
  3. ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އާއި ވަކީލުކަމުގެ ހުއްދަ
  4. ކުރިމަތިލާ ފަރާތުގެ ވަނަވަރު
  5. ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  7. ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގެ ފަނޑިޔާރަކާއި ނުވަތަ މުވައްޒަފަކާ ނަސަބުގެ ގޮތުން ގުޅުން އޮތް ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއްކަމުގައި ވާނަމަ ޕްރޮޕޯސަލް ހުށަހަޅާއިރު އެކަން އެނގޭނެ ސޮއިކޮށްފައިފާ ލިޔުން
  8. ލޯ ފަރމަކުން ހުށަހަޅާނަމަ، އެ ފަރމުގެ ރަޖިސްޓްރީ އާއި އެ ފަރމުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރާނެ ވަކީލުންގެ ޕްރޮފައިލް އަދި ވަނަވަރާއި އަދި މިބައިގެ ނަންބަރު 3، 5، 6 އަދި 7 ވަނަ ބަޔާށްކޮށްފައިވާ ލިޔެކިއުންތައް

ޕްރޮޕޯސަލް ހުށަހަޅަންވީ ސުންގަޑި

މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޑިސެންބަރު 18 ވާ ބުދަ ދުވަހުގެ 13:00 އާ ހަމައަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާސިޓީ އާއި ހުށަހަޅަންޖެހޭކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުން އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. )އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ. އަދި ފޮނުވާ ލިޔެކިޔުންތައް އޮންލައިން ޑްރައިވްއެއްގައި ފޮނުވާނަމަ، މިކޮމިޝަނަށް ހުޅުވޭ ގޮތަށް އެކްސެސް ދީފައިވާންވާނެއެވެ.)

 

މަޢުލޫމާތު ސާފުކުރުން

 

މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ،  3303501 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

03 ޑިސެންބަރު 2024