މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދ.މީދޫ އައިސްޕްލާންޓްގެ ސިވިލް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) ގެ ފަރާތުން ޢިމާރާތްކުރަމުންދާ ދ.މީދޫ އައިސްޕްލާންޓްގެ ގޯތިތެރޭގައި މިހާރު ރާނަންފަށާ ނުނިންމާހުރި (ކުރިން ފެނަކައިން މަސައްކަތްފަށާފައިހުރި)  އައިސްޕްލާންޓްގ ޢިމާރާތުގެ ބާކީ ހުރި މަސައްކަތާއި، އަދި އެ ޢިމާރާތުގެ ވައަތްފަރާތުގައި މިކުންފުނިންދޭ ކުރަހުމަކާއެއްގޮތަށް އައު ޢިމާރާތެއްގެ ފައުންޑޭޝަން މަސައްކަތް އަމިއްލަތަކެތީގައި މަސައްކަތްކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ. މި މަސައްކަތްކުރާނީ މިފްކޯއިން ކަނޑައަޅާފައިވާ އިންޖިނޭރެއްގެ ބެލުމުގެދަށުން އޭނާގެ ޙާޟިރުގައެވެ.

ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

ތާރީޙް

ވަގުތު

މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީ  ކުރުން (އޮންލައިންކޮށް)

އީމެއިލް މެދުވެރިކޮށް

  [email protected]

02 ޑިސެމްބަރ 2024

ހެނދުނު 10:00ގެ ކުރިން

މަޢުލޫމާތު ދިނުމުގެ ސެޝަން

މިފްކޯ ހެޑް އޮފީސް / މީޓިން ރޫމްގައި

02 ޑިސެމްބަރ 2024

ހެނދުނު 11:00ގައި

މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން އޮންލައިންކޮށް ބައިވެރިވެ ވަޑައިގަތުމަށް ނަންފޮނުވާ ރަޖިސްޓްރީ ކުރުން  

އީމެއިލް މެދުވެރިކޮށް

  [email protected]

02 ޑިސެމްބަރ 2024

ހެނދުނު 10:00ގެ ކުރިން

ބީލަން ހުށަހެޅުން

އީމެއިލް މެދުވެރިކޮށް

[email protected]

05 ޑިސެމްބަރ 2024

މެންދުރު 01:00ގެ ކުރިން

ބީލަން ހުޅުވުމުގެ ބައްދަލުވުމުގެ ރަޖިސްޓްރީ ކުރުން

އީމެއިލް މެދުވެރިކޮށް

  [email protected]

05 ޑިސެމްބަރ 2024

މެންދުރު 01:00ގެ ކުރިން

ބީލަން ހުޅުވުން

މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

05 ޑިސެމްބަރ 2024

މެންދުރު 02:00ގައި

މި ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައާއި ބީލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ  [email protected] އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރު

- އީމެއިލް އެޑްރެސް

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected]  އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected]  އަށެވެ.

28 ނޮވެންބަރު 2024
ހޯދާ