ދިވެހިރާއްޖެ
މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) ގެ ފަރާތުން ޢިމާރާތްކުރަމުންދާ ދ.މީދޫ އައިސްޕްލާންޓްގެ ގޯތިތެރޭގައި މިހާރު ރާނަންފަށާ ނުނިންމާހުރި (ކުރިން ފެނަކައިން މަސައްކަތްފަށާފައިހުރި) އައިސްޕްލާންޓްގ ޢިމާރާތުގެ ބާކީ ހުރި މަސައްކަތާއި، އަދި އެ ޢިމާރާތުގެ ވައަތްފަރާތުގައި މިކުންފުނިންދޭ ކުރަހުމަކާއެއްގޮތަށް އައު ޢިމާރާތެއްގެ ފައުންޑޭޝަން މަސައްކަތް އަމިއްލަތަކެތީގައި މަސައްކަތްކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ. މި މަސައްކަތްކުރާނީ މިފްކޯއިން ކަނޑައަޅާފައިވާ އިންޖިނޭރެއްގެ ބެލުމުގެދަށުން އޭނާގެ ޙާޟިރުގައެވެ.
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް |
ތާރީޙް |
ވަގުތު |
|
މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން (އޮންލައިންކޮށް) |
އީމެއިލް މެދުވެރިކޮށް |
02 ޑިސެމްބަރ 2024 |
ހެނދުނު 10:00ގެ ކުރިން |
މަޢުލޫމާތު ދިނުމުގެ ސެޝަން |
މިފްކޯ ހެޑް އޮފީސް / މީޓިން ރޫމްގައި |
02 ޑިސެމްބަރ 2024 |
ހެނދުނު 11:00ގައި |
މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން އޮންލައިންކޮށް ބައިވެރިވެ ވަޑައިގަތުމަށް ނަންފޮނުވާ ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
02 ޑިސެމްބަރ 2024 |
ހެނދުނު 10:00ގެ ކުރިން |
ބީލަން ހުށަހެޅުން |
އީމެއިލް މެދުވެރިކޮށް |
05 ޑިސެމްބަރ 2024 |
މެންދުރު 01:00ގެ ކުރިން |
ބީލަން ހުޅުވުމުގެ ބައްދަލުވުމުގެ ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
05 ޑިސެމްބަރ 2024 |
މެންދުރު 01:00ގެ ކުރިން |
ބީލަން ހުޅުވުން |
މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
05 ޑިސެމްބަރ 2024 |
މެންދުރު 02:00ގައި |
މި ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައާއި ބީލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.