ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
2025 ވަނައަހަރު ޖަލާލުއްދީން ސްކޫލްގެ ސިކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

  • 2025 ޖެނުއަރީ 01 އިން 31 ޑިސެމްބަރު 2025 ގެނިޔަލަށް  މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ  ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  • ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2024 ޑިސެމްބަރ 05 ގެކުރިން ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
  • https://forms.gle/jffEir6m81wo6gUb6
  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެމްބަރ 08 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުށަހަޅުއްވަންވާނީ މަޢުލޫމާތު ކަރުދާސް ރަނގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުންއަރާ ކަމެއް ވާނަމަ ސާފުކުރުމަށްފަހުގައެވެ.
  • ބިޑް ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލް އޮފީހުގައެވެ.

 ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެންމެ ބިޑެކެވެ.

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ޖަލާލުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
  • ފޯން:  6528815, 6528873
  • އީ-މެއިލް: [email protected]
27 ނޮވެންބަރު 2024
ހޯދާ