ބީލަން
ނަންބަރު: (IUL)GS53/2024/47
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި:
05 ޑިސެންބަރު 2024 14:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނައަހަރު ޖަލާލުއްދީން ސްކޫލްގެ ސިކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
އިޢުލާން
- 2025 ޖެނުއަރީ 01 އިން 31 ޑިސެމްބަރު 2025 ގެނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2024 ޑިސެމްބަރ 05 ގެކުރިން ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- https://forms.gle/jffEir6m81wo6gUb6
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެމްބަރ 08 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހަޅުއްވަންވާނީ މަޢުލޫމާތު ކަރުދާސް ރަނގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުންއަރާ ކަމެއް ވާނަމަ ސާފުކުރުމަށްފަހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލް އޮފީހުގައެވެ.
ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެންމެ ބިޑެކެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޖަލާލުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
- ފޯން: 6528815, 6528873
- އީ-މެއިލް: [email protected]
27 ނޮވެންބަރު 2024