ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
މަޤާމު: އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ
ގްރޭޑް: 1
ސެކްޝަން: އިންޓަރނޭޝަނަލް ރިލޭޝަންސް ސެކްޝަން
ޑިޕާޓްމަންޓް: ޕްލޭނިންގ އެންޑް ޕޮލިސީ
އަދަދު: 1
މުސާރަ: -/7000 ރުފިޔާ
ލިވިންގް އެލަވަންސް: -/3000 ރުފިޔާ
ނޮން ޕްރެކްޓިސް އެލަވަންސް: -/2500 ރުފިޔާ
އިތުރު އިނާޔަތްތައް
- އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
- މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
މަޤާމުގެ ޝަރުތު:
- ދާއިރާއާ ގުޅޭ ފީލްޑަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން؛ ނުވަތަ މި ދާއިރާގައި 05 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން؛
- އިންޓަރނޭޝަނލް ޙަރަކާތްތަކަށް ބޭނުންވާ ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން؛
- މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛
- މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
މަޤާމުގެ މަސްއޫލިއްޔަތު
- ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ބްރޯޑްކާސްޓަރުންނާ އަދި ބްރޯޑްކާސްޓަރުންގެ ޖަމިއްޔާ ތަކާއެކު ކޮމިޝަނުން ކުރަންޖެހޭ މުޢާމަލާތުތައް ކުރުމުގައި އެހީތެރިވެދިނުން؛
- ކޮމިޝަނަށް ބޭނުންވާ އެހީއާއި ތަމްރީންގެ ފުރުސަތުތައް ބައިނަލްޢަޤުވާމީ ފަރާތްތަކުން ހޯދުމުގައި އެހީތެރިކަން ދިނުން؛
- ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީންގެ ފުރުސަތުތައް ބޭރުގެ ފަރާތްތަކުން ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުން؛
- ކޮމިޝަންއާ ގުޅިގެން ބޭރުގެ ބްރޯޑްކާސްޓަރުން ނުވަތަ ބްރޯޑްކާސްޓުކުރުމުގެ ދާއިރާއާ ގުޅުންހުރި ޖަމާޢަތްތަކުން ރާއްޖޭގައި ބާއްވާ ކޮންފަރެންސް/ސެމިނަރ ފަދަ ކަންކަން ރާވައި ހިންގުމުގައި އެހީތެރިވެދިނުން؛
- ޑިޕާޓްމެންޓްގެ ފަރާތުން ކުރަންޖެހޭ މުވާޞަލާތުތައް ކުރުމާއި، ލިޔަންޖެހޭ ސިޓީ އީމެއިލް ފަދަ ތަކެތި ޑްރާފްޓްކޮށް ތައްޔާރު ކުރުން؛
- ކޮމިޝަންގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅުންހުރި ޕްރޮޖެކްޓްތަކައް ބޭނުންވާނެ މަޢުލޫމާތު ހޯދާ އެފަދަ މަޢުލޫމާތުގެއަލީގައި ޕްރޮޕޯޒަލްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން؛
- ޕްލޭނިންގެ ސެކްޝަންގެ އެންމަހައި މަސައްކަތްތަކައް ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.
- ކޮމިޝަންގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު އަދާކުރަމުންދާ ވަޒީފާއިން ވަކި ކުރުމާއި މެދު އިޢުތިރާޒެއް ނެތްކަމަށް، އެ ބޭފުޅަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް
އިންޓަރވިއު ކުރުން:
މިމަޤާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.broadcom.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.
15 ރަމަޟާން 1436