ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 427-OPR/1/2015/27
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 12 ޖުލައި 2015 13:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މަޤާމު:  އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ

ގްރޭޑް: 1

ސެކްޝަން: އިންޓަރނޭޝަނަލް ރިލޭޝަންސް ސެކްޝަން

ޑިޕާޓްމަންޓް: ޕްލޭނިންގ އެންޑް ޕޮލިސީ

އަދަދު: 1

މުސާރަ: -/7000 ރުފިޔާ

ލިވިންގް އެލަވަންސް: -/3000 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް: -/2500 ރުފިޔާ

އިތުރު އިނާޔަތްތައް

  • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
  • މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ދާއިރާއާ ގުޅޭ ފީލްޑަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން؛ ނުވަތަ މި ދާއިރާގައި 05 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން؛
  • އިންޓަރނޭޝަނލް ޙަރަކާތްތަކަށް ބޭނުންވާ ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން؛
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ބްރޯޑްކާސްޓަރުންނާ އަދި ބްރޯޑްކާސްޓަރުންގެ ޖަމިއްޔާ ތަކާއެކު ކޮމިޝަނުން ކުރަންޖެހޭ މުޢާމަލާތުތައް ކުރުމުގައި އެހީތެރިވެދިނުން؛
  • ކޮމިޝަނަށް ބޭނުންވާ އެހީއާއި ތަމްރީންގެ ފުރުސަތުތައް ބައިނަލްޢަޤުވާމީ ފަރާތްތަކުން ހޯދުމުގައި އެހީތެރިކަން ދިނުން؛
  • ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީންގެ ފުރުސަތުތައް ބޭރުގެ ފަރާތްތަކުން ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުން؛
  • ކޮމިޝަންއާ ގުޅިގެން ބޭރުގެ ބްރޯޑްކާސްޓަރުން ނުވަތަ ބްރޯޑްކާސްޓުކުރުމުގެ ދާއިރާއާ ގުޅުންހުރި ޖަމާޢަތްތަކުން ރާއްޖޭގައި ބާއްވާ ކޮންފަރެންސް/ސެމިނަރ ފަދަ ކަންކަން ރާވައި ހިންގުމުގައި އެހީތެރިވެދިނުން؛
  • ޑިޕާޓްމެންޓްގެ ފަރާތުން ކުރަންޖެހޭ މުވާޞަލާތުތައް ކުރުމާއި، ލިޔަންޖެހޭ ސިޓީ އީމެއިލް ފަދަ ތަކެތި ޑްރާފްޓްކޮށް ތައްޔާރު ކުރުން؛
  • ކޮމިޝަންގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅުންހުރި ޕްރޮޖެކްޓްތަކައް ބޭނުންވާނެ މަޢުލޫމާތު ހޯދާ އެފަދަ މަޢުލޫމާތުގެއަލީގައި ޕްރޮޕޯޒަލްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން؛
  • ޕްލޭނިންގެ ސެކްޝަންގެ އެންމަހައި މަސައްކަތްތަކައް ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.
  • ކޮމިޝަންގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު އަދާކުރަމުންދާ ވަޒީފާއިން ވަކި ކުރުމާއި މެދު އިޢުތިރާޒެއް ނެތްކަމަށް، އެ ބޭފުޅަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު ކުރުން:

މިމަޤާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.broadcom.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.

15 ރަމަޟާން 1436

02 ޖުލައި 2015