ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
2025ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

                                                            ނަމްބަރ: GS-39/IUL/2024/16

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

 2025ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

1           ސްކޫލް ސެކިއުރިޓީ 01 ޖެނުއަރީ 2025 އިން ފެށިގެން 31 ޑިސެންބަރ 2025ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

2         މިޕްރޮޖެކްޓުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ނޮވެމްބަރ 24ން 2024 ނޮވެމްބަރ  28 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް ޣާޒީ ބަންޑާރައިން ސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

 

3         އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމަށް،(ޚިދުމަތްދޭ ފަރާތުގެ ނަން / މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން / މޯބައިލް ފޯނު ނަންބަރު / އިޢުލާނު ނަންބަރު) ހިމަނުއްވާ ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

 

4         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ނޮވެމްބަރ 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

5         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 02 ވަނަ ދުވަހުގެ 11:00 ގައި ޣާޒީ ބަންޑާރައިން ސްކޫލުގެ  އޮފީހުގައެވެ.

 

6         މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

7         މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ

8         އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޣާޒީ ބަންޑާރައިން ސްކޫލް

ހއ.އުތީމު، ދިވެހިރާއްޖެ.

  ފޯން:  6500313

  އީ-މެއިލް: [email protected],mv

 

22 ޖުމާދިލްއައްވަލް   1446

24 ނޮވެންބަރު 2024
ހޯދާ