ދިވެހިރާއްޖެ
ނަމްބަރ: GS-39/IUL/2024/16
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2025ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން
1 ސްކޫލް ސެކިއުރިޓީ 01 ޖެނުއަރީ 2025 އިން ފެށިގެން 31 ޑިސެންބަރ 2025ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 މިޕްރޮޖެކްޓުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ނޮވެމްބަރ 24ން 2024 ނޮވެމްބަރ 28 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް ޣާޒީ ބަންޑާރައިން ސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
3 އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމަށް،(ޚިދުމަތްދޭ ފަރާތުގެ ނަން / މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން / މޯބައިލް ފޯނު ނަންބަރު / އިޢުލާނު ނަންބަރު) ހިމަނުއްވާ ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
4 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ނޮވެމްބަރ 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 02 ވަނަ ދުވަހުގެ 11:00 ގައި ޣާޒީ ބަންޑާރައިން ސްކޫލުގެ އޮފީހުގައެވެ.
6 މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
7 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ
8 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޣާޒީ ބަންޑާރައިން ސްކޫލް
ހއ.އުތީމު، ދިވެހިރާއްޖެ.
ފޯން: 6500313
އީ-މެއިލް: [email protected],mv
22 ޖުމާދިލްއައްވަލް 1446