ދިވެހިރާއްޖެ
- ޓިޔުލިޕް ގޯތީގެ އުތުރަށް އޮތް ހުސްބިމުގައި ހުރި ބަނބުކެޔޮގަހުގައި ހުރި ބަނބުކެޔޮތަކުގެ ނީލަން ފެށޭ އަގު 500.00
- މުންޑޫ ކައުންސިލްގެ އިދާރާ ގޯތީގައި ހުރި ބަނބުކެޔޮގަހުގައި ހުރި ބަނބުކެޔޮތަކުގެ ނީލަން ފެށޭ އަގު 1000.00
-ފަހަރަކު އިތުރު ކުރެވޭނީ 100.00 ( ސަތޭކަ ރުފިޔާ)
- ސިޓީ ހުށައަޅާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން 13:30 އާއި ހަމައަށް މުންޑޫ ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ މުންޑޫ ކައުންސިލްގެ މެއިލް އެޑްރެސް [email protected] އަށެވެ.
- އެންމެ ފަހުން ހުށައަޅާ އަގު އަބަދުވެސް މުންޑޫ ކައުންސިލްގެ ކޮމިޔުނިޓީ ވައިބާ ގްރޫޕްގައި އަދި ކައުންސިލްގެ ނޯޓިސް ބޯޑުގައި އިއުލާން ކުރެވޭނެއެވެ.
- ޖެހިޖެހިގެން 03 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެންމެ ފަހުން ސިޓީ ހުށައެޅި ފަރާތަށް ނީލަން ކާމިޔާބުވީއެވެ.
- ދުވަސް ގުނާނީ ސަރުކާރު ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
- ސިޓީ ހުށައެޅޭނެ އެންމެ ފަހުގެ ތާރީހަކީ 21 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އާއި ހަމައަށެވެ.
- ނީލަން ކާމިޔާބުވާ ފަރާތަކަށް ނީލަން ކާމިޔާބުވިކަން ކައުންސިލުން އަންގާ ދުވަހުން ފެށިގެން 01 މަސް ދުވަހުގެ މުއްދަތަށް ބަނބުކެޔޮ ކެނޑުމަށް ގަސް ހަވާލުކުރެވޭނެއެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.