ނީލަން
ނަންބަރު: (IUL)398 /398/2024/30
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 21 ނޮވެންބަރު 2024 13:30
ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުންޑޫގެ އިޖުތިމާއީ ސަރަހައްދުތަކުގައި ހުރި ބަނބުކެޔޮ ގަސްތަކުގައި ހުރި ބަނބުކެޔޮތައް ނީލަންކިޔުމާއި ގުޅޭ

މުންޑޫގެ އިޖުތިމާއީ ސަރަހައްދުތަކުގައި ހުރި ބަނބުކެޔޮ ގަސްތަކުގައި ހުރި ބަނބުކެޔޮތައް ނީލަންކިޔުމާއި ގުޅޭ

  1. ޓިޔުލިޕް ގޯތީގެ އުތުރަށް އޮތް ހުސްބިމުގައި ހުރި ބަނބުކެޔޮގަހުގައި ހުރި ބަނބުކެޔޮތަކުގެ ނީލަން ފެށޭ އަގު  500.00
  2. މުންޑޫ ކައުންސިލްގެ އިދާރާ ގޯތީގައި ހުރި ބަނބުކެޔޮގަހުގައި ހުރި ބަނބުކެޔޮތަކުގެ ނީލަން ފެށޭ އަގު 1000.00

-ފަހަރަކު އިތުރު ކުރެވޭނީ 100.00 ( ސަތޭކަ ރުފިޔާ)

- ސިޓީ ހުށައަޅާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން 13:30 އާއި ހަމައަށް މުންޑޫ ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ މުންޑޫ ކައުންސިލްގެ މެއިލް އެޑްރެސް [email protected]  އަށެވެ.

- އެންމެ ފަހުން ހުށައަޅާ އަގު އަބަދުވެސް މުންޑޫ ކައުންސިލްގެ ކޮމިޔުނިޓީ ވައިބާ ގްރޫޕްގައި އަދި ކައުންސިލްގެ ނޯޓިސް ބޯޑުގައި އިއުލާން ކުރެވޭނެއެވެ.

- ޖެހިޖެހިގެން 03 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެންމެ ފަހުން ސިޓީ ހުށައެޅި ފަރާތަށް ނީލަން ކާމިޔާބުވީއެވެ.

- ދުވަސް ގުނާނީ ސަރުކާރު ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.

- ސިޓީ ހުށައެޅޭނެ އެންމެ ފަހުގެ ތާރީހަކީ 21 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އާއި ހަމައަށެވެ.

- ނީލަން ކާމިޔާބުވާ ފަރާތަކަށް ނީލަން ކާމިޔާބުވިކަން ކައުންސިލުން އަންގާ ދުވަހުން ފެށިގެން 01 މަސް ދުވަހުގެ މުއްދަތަށް ބަނބުކެޔޮ ކެނޑުމަށް ގަސް ހަވާލުކުރެވޭނެއެވެ.

     ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

17 ނޮވެންބަރު 2024