ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެ.

މަޤާމު: ވެހިކަލް ޑްރައިވަރ

ބޭނުންވާ އަދަދު: 2 (ދޭ)

އަސާސީ މުސާރަ: -/3100 ރުފިޔާ

ސާރވިސް އެލަވަންސް: -/1,000 ރުފިޔާ

ލިވިންގ އެލަވަންސް: -/2500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. މީގެ އިތުރުން ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

މަޤާމު: ވީ.އައި.ޕީ ވެއިޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: -/4340 ރުފިޔާ

ސާރވިސް އެލަވަންސް: -/1,000 ރުފިޔާ

ލިވިންގ އެލަވަންސް: -/2500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. ނުވަތަ ހޮސްޕިޓާލިޓީ މެނޭޖްމަންޓް ދާއިރާއިން ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު: ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: -/3565 ރުފިޔާ

ސާރވިސް އެލަވަންސް: -/1,000 ރުފިޔާ

ލިވިންގ އެލަވަންސް: -/2500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސ'ީ ގްރޭޑް ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. ނުވަތަ ފްރަންޓް އޮފީސް/ ކަސްޓަމަރ ރިލޭޝަންގެ ދާއިރާއިން ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 2 އަހަރުގެ މަސައްކަތުގެ ތަޖުރިބާހުރުން.

މަޤާމު: މޭސަން

ބޭނުންވާ ޢަދަދު: 01 (އެކެއް)

އަސާސީ މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1,000 ރުފިޔާ

ލިވިންގ އެލަވަންސް: -/2500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

މަޤާމު: ޓެކްނީޝަން

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

ލިވިންގ އެލަވަންސް: -/2500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45

ފެންވަރު ނުވަތަ ޝަރުތު: ވެހިކަލް މެއިންޓަނަންސް އަދި އެއަކޮންޑިޝަނިންގ މަސައްކަތްކުރުމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އެއް ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިހާނުން 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން ނުވަތަ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑ' ގްރޭޑް ލިބިފައިވުން އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސ' ގްރޭޑް ލިބިފައިވުމާއެކު ވެހިކަލް މެއިންޓަނަންސް އަދި އެއަރކޮންޑިޝަނިންގ މަސައްކަތާ ގުޅޭ ދާއިރައެއްގައި އުޅެ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މިމަޤާމުތަކަށް މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

މިމަޤާމަށް ޝައުޤުވެރި ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށައަޅުއްވަންވާނެއެވެ.

  • ރައީސުލްޖުމްހޫރީއްޔާގެ ރަސްމީގެ މުލީއާގެއިން ދޫކުރާ ވަޒީފާއަށް އެދި ހުށައަޅާ ފޯމު.
  • މޯލްޑިވިސް ކޮލިފިކޭޝަން އޮތޮރިޓީން އެކްރިޑެޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ).
  • ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • އެހެންތަނެއްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ ރަސްމީގޭގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެތަނަކުން ދޭ ލިޔުން
  • ޕޮލިސް ރިޕޯޓު

ހުށަހަޅަންޖެހޭ ތާރީޚު: މިވަޒީފާތަކަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 13 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ އަށް ފޮނުއްވުން އެދެމެވެ.

13 ރަމަޟާން 1436     

30 ޖޫން 2015
ހޯދާ