ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެ.
މަޤާމު: ވެހިކަލް ޑްރައިވަރ
ބޭނުންވާ އަދަދު: 2 (ދޭ)
އަސާސީ މުސާރަ: -/3100 ރުފިޔާ
ސާރވިސް އެލަވަންސް: -/1,000 ރުފިޔާ
ލިވިންގ އެލަވަންސް: -/2500 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45
ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. މީގެ އިތުރުން ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
މަޤާމު: ވީ.އައި.ޕީ ވެއިޓަރ
ބޭނުންވާ އަދަދު: 1 (އެކެއް)
އަސާސީ މުސާރަ: -/4340 ރުފިޔާ
ސާރވިސް އެލަވަންސް: -/1,000 ރުފިޔާ
ލިވިންގ އެލަވަންސް: -/2500 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45
ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. ނުވަތަ ހޮސްޕިޓާލިޓީ މެނޭޖްމަންޓް ދާއިރާއިން ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމު: ރިސެޕްޝަނިސްޓް
ބޭނުންވާ އަދަދު: 1 (އެކެއް)
އަސާސީ މުސާރަ: -/3565 ރުފިޔާ
ސާރވިސް އެލަވަންސް: -/1,000 ރުފިޔާ
ލިވިންގ އެލަވަންސް: -/2500 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45
ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސ'ީ ގްރޭޑް ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. ނުވަތަ ފްރަންޓް އޮފީސް/ ކަސްޓަމަރ ރިލޭޝަންގެ ދާއިރާއިން ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 2 އަހަރުގެ މަސައްކަތުގެ ތަޖުރިބާހުރުން.
މަޤާމު: މޭސަން
ބޭނުންވާ ޢަދަދު: 01 (އެކެއް)
އަސާސީ މުސާރަ: -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1,000 ރުފިޔާ
ލިވިންގ އެލަވަންސް: -/2500 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45
ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.
މަޤާމު: ޓެކްނީޝަން
ބޭނުންވާ އަދަދު: 01 (އެކެއް)
އަސާސީ މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1,500 ރުފިޔާ
ލިވިންގ އެލަވަންސް: -/2500 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45
ފެންވަރު ނުވަތަ ޝަރުތު: ވެހިކަލް މެއިންޓަނަންސް އަދި އެއަކޮންޑިޝަނިންގ މަސައްކަތްކުރުމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އެއް ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިހާނުން 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން ނުވަތަ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑ' ގްރޭޑް ލިބިފައިވުން އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސ' ގްރޭޑް ލިބިފައިވުމާއެކު ވެހިކަލް މެއިންޓަނަންސް އަދި އެއަރކޮންޑިޝަނިންގ މަސައްކަތާ ގުޅޭ ދާއިރައެއްގައި އުޅެ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މިމަޤާމުތަކަށް މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.
މިމަޤާމަށް ޝައުޤުވެރި ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށައަޅުއްވަންވާނެއެވެ.
- ރައީސުލްޖުމްހޫރީއްޔާގެ ރަސްމީގެ މުލީއާގެއިން ދޫކުރާ ވަޒީފާއަށް އެދި ހުށައަޅާ ފޯމު.
- މޯލްޑިވިސް ކޮލިފިކޭޝަން އޮތޮރިޓީން އެކްރިޑެޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ).
- ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.
- ކަރިކިއުލަމް ވިޓާ (ސީވީ)
- އެހެންތަނެއްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ ރަސްމީގޭގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެތަނަކުން ދޭ ލިޔުން
- ޕޮލިސް ރިޕޯޓު
ހުށަހަޅަންޖެހޭ ތާރީޚު: މިވަޒީފާތަކަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 13 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ އަށް ފޮނުއްވުން އެދެމެވެ.
13 ރަމަޟާން 1436