އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުން

  ނަންބަރު:IAS/MIS/2024/2289 

 ޢިއުލާން

މިކުންފުނީގައި ބޭނުންކޮށްފައިހުރި ބައެއް ބައު ސާމާނު ނީލަމުގައި ވިއްކާލުމަށް ބޭނުންވާތީ، މިތަކެތި ނީލަން ކިއުން 20 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:00 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހުންނަ މިކުންފުނީގެ ސީޕްލޭން ކައުންޓަރުގައި އޮންނާނެއެވެ.

މި ނީލަމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި އޮންނަ ނީލަމަކަށްވާތީ، އެއަރޕޯރޓު ފާސްހެދުމަށްޓަކައި،  މިނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 13 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އައިލެންޑް އޭވިއޭޝަން ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް އައި.ޑީ.ކާޑު ކޮޕީ އެބޭފުޅަކާއި ގުޅޭނެ ނަމްބަރެއް ޖައްސަވާފަ ހުށަހެޅުއްވުން އެދެމެވެ.

07 ނޮވެންބަރު 2024
ހޯދާ