ނީލަން
ނަންބަރު: IAS/MIS/2024/2289
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި:
13 ނޮވެންބަރު 2024 12:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަން ކިއުން
ނަންބަރު:IAS/MIS/2024/2289
ޢިއުލާން
މިކުންފުނީގައި ބޭނުންކޮށްފައިހުރި ބައެއް ބައު ސާމާނު ނީލަމުގައި ވިއްކާލުމަށް ބޭނުންވާތީ، މިތަކެތި ނީލަން ކިއުން 20 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:00 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހުންނަ މިކުންފުނީގެ ސީޕްލޭން ކައުންޓަރުގައި އޮންނާނެއެވެ.
މި ނީލަމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި އޮންނަ ނީލަމަކަށްވާތީ، އެއަރޕޯރޓު ފާސްހެދުމަށްޓަކައި، މިނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 13 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އައިލެންޑް އޭވިއޭޝަން ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް އައި.ޑީ.ކާޑު ކޮޕީ އެބޭފުޅަކާއި ގުޅޭނެ ނަމްބަރެއް ޖައްސަވާފަ ހުށަހެޅުއްވުން އެދެމެވެ.
07 ނޮވެންބަރު 2024