ދިވެހިރާއްޖެ
ތ.ކަނޑޫދޫ ޕްރީ-ސްކޫލް ޢިމާރާތްކުރުން
މިއިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް ޕްރީސްކޫލް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު IUL)387/387/2015/33)ފ(27 މޭ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް ކުރި ނަންބަރު IUL)387/387/2015/39)ފ(22 ޖޫން 2015) އިޢުލާނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ސާއިޢު ކުރެވިފައިނުވާތީ ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖުލައި 2015 ވަނަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖުލައި 2015 ވަނަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތުގެ ބިޑް ޑޮކިއުމަންޓްގެ އަގަކީ -/35 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ގަޑީގައި މިއިދާރާއިންނެވެ.
ޕޮއިންޓްދޭނެ އުސޫލު
| 
 މާކްސް ދެވޭ ކްރައިޓީރިއާ  | 
 މާކްސް ދެވޭ ގޮތް  | 
 ތަފުސީލު  | 
 ފޯމިއުލާ  | 
| 
 އަގު  | 
 85%  | 
 މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.  | 
 (Benchmark Price / Submitted Price) x Allocated Percentage  | 
| 
 މުއްދަތު  | 
 05%  | 
 މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތް ނިންމުމަށް އެންމެކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް  | 
 ( Submitted years of experience / Benchmark years) x Allocated Percentage  | 
| 
 ތަޖުރިބާ  | 
 10%  | 
  | 
 ( Submitted years of experience / Benchmark years ) x Allocated Percentage  | 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
11 ރަމަޟާން 1436
