މަސައްކަތް
ނަންބަރު: (IUL)387/387/2015/42
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 05 ޖުލައި 2015 13:30
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީ-ސްކޫލް ޢިމާރާތްކުރުން

ތ.ކަނޑޫދޫ ޕްރީ-ސްކޫލް ޢިމާރާތްކުރުން

މިއިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް ޕްރީސްކޫލް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު IUL)387/387/2015/33)ފ(27 މޭ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް ކުރި ނަންބަރު IUL)387/387/2015/39)ފ(22 ޖޫން 2015) އިޢުލާނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ސާއިޢު ކުރެވިފައިނުވާތީ ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖުލައި 2015 ވަނަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖުލައި 2015 ވަނަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތުގެ ބިޑް ޑޮކިއުމަންޓްގެ އަގަކީ -/35 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ގަޑީގައި މިއިދާރާއިންނެވެ.

ޕޮއިންޓްދޭނެ އުސޫލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

85%

  • މަސައްކަތުގެ އަގަށްދޭ މާކްސް
  • މާކްސް ދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކް  އަގު ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

05%

  • ހަވާލުކުރެވޭ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ މުއްދަތު
  • މާކްސް ދެވޭނީ ޕްރީސްކޫލް އިމާރާތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ހުށަހަޅާ އެންމެކުރު މުއްދަތު ހުށަހަޅާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތް ނިންމުމަށް އެންމެކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް

( Submitted years of experience /  Benchmark  years) x Allocated Percentage

ތަޖުރިބާ

10%

  • ތަޖުރިބާ ހުރިކަން ބެލުމުގައި ބެލެވޭނީ އިމާރާތް ކުރުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށެވެ.
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ޢިމާރާތް ކުރުމުގެ މަސައްކަތާއި، އެކަމާ ގުޅުންހުރި މަސައްކަތް ކުރުމުގެ ދާއިރާއިން އެންމެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެވެ. މި ގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ޢިމާރާތްކުރުމުގެ މަސައްކަތާއި، އެފަދަ މަސައްކަތާ ގުޅުންހުރި ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތަކަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11 ރަމަޟާން 1436

28 ޖޫން 2015