ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތް މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތުގެ މަތިން އިމާރާތުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މައިގަނޑު މަސައްކަތްތައް ތިރީގައި މިވަނީއެވެ.
- އިމާރާތުގެ ފުރާޅު ހިޔާކުރުން.
 - އޮފީހުގެ ފާރުތަކުގައި ހަޑިވެފައި ހުރި ތަންތަން ދޮވެ ސާފުކުރުން.
 - އިމާރާތުގެ ކަރަންޓު ވަޔަރު ކުރުން.
 - އިމާރާތުގެ ތެރޭގައި ހުރި ހުރިހާ ފާޚާނާތަކެއް ފުލް ކޮމްޕްލީޓް ކުރުން.
 - އިމާރާތުގެ އެތެރޭގައި ގްރައުންޑް ފްލޯ އަދި ފަސްޓް ފްލޯ ސިމެންތިއާއި ޕުޓީއެޅުމާއި ކުލަލުމާއި ޓައިލްސް ޖެހުމުގެ މަަސައްކަތްތައް ކުރުން.
 - ދެ ފްލޯ ސީލިންގ ކުރުން.
 - އިމާރާތުގައި ހުރި ހުރިހާ ބޮޑުދޮރުތަކާއި ކުޑަދޮރުތަކުގެ މަސައްކަތް ނިންމުން.
 - ވަޅު ދިޔަހިއްކައި ފެންތާނގީއާއި މޯޓަރު ބެހެެއްޓުމުގެ މަސައްކަތް.
 - އިމާރާތުގެ ގޯތިތެރޭގައި ކަނޑައަޅާ ސަރަހައްދެއްގައި ގައު އެތުރުން.
 - ބޭރު ފާރު މަރާމާތު ކުރުމަށް ހުރި ތަންތަން މަރާމާތު ކުރުން.
 - ބޭރު ފާރުގެ އެތެރެއާއި ބޭރުގައި ކުލަލުން.
 - ބޭރު ފާރުގެ ދެ ގޭޓު ރަނގަޅުކުރުން.
 
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 9 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އައްޑޫ ސިޓީ ހޯލަށް ވަޑއިގެން އެދުވަހު ތިއްބަވާ މިއޮފީހުގެ މުވައްޒަފުންގެ އަތަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދެވޭ މިންގަޑު ތިރީގައި މިވަނީއެވެ.
| 
 އަގު (70)  | 
 އެންމެ ދަށް އަގު  | 
| 
 މުއްދަތު (20)  | 
 އެންމެ އަވަސް  | 
| 
 ތަޖުރިބާ (10)  | 
 މިބާވަތުގެ އެހެން މަސައްކަތްތައް ކުރެވިފައިވާ މިންވަރު  | 
