މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2015/29
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 09 ޖުލައި 2015 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތް މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތުގެ މަތިން އިމާރާތުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މައިގަނޑު މަސައްކަތްތައް ތިރީގައި މިވަނީއެވެ.

  • އިމާރާތުގެ ފުރާޅު ހިޔާކުރުން.
  • އޮފީހުގެ ފާރުތަކުގައި ހަޑިވެފައި ހުރި ތަންތަން ދޮވެ ސާފުކުރުން.
  • އިމާރާތުގެ ކަރަންޓު ވަޔަރު ކުރުން.
  • އިމާރާތުގެ ތެރޭގައި ހުރި ހުރިހާ ފާޚާނާތަކެއް ފުލް ކޮމްޕްލީޓް ކުރުން.
  • އިމާރާތުގެ އެތެރޭގައި ގްރައުންޑް ފްލޯ އަދި ފަސްޓް ފްލޯ ސިމެންތިއާއި ޕުޓީއެޅުމާއި ކުލަލުމާއި ޓައިލްސް ޖެހުމުގެ މަަސައްކަތްތައް ކުރުން.
  • ދެ ފްލޯ ސީލިންގ ކުރުން.
  • އިމާރާތުގައި ހުރި ހުރިހާ ބޮޑުދޮރުތަކާއި ކުޑަދޮރުތަކުގެ މަސައްކަތް ނިންމުން.
  • ވަޅު ދިޔަހިއްކައި ފެންތާނގީއާއި މޯޓަރު ބެހެެއްޓުމުގެ މަސައްކަތް.
  • އިމާރާތުގެ ގޯތިތެރޭގައި ކަނޑައަޅާ ސަރަހައްދެއްގައި ގައު އެތުރުން.
  • ބޭރު ފާރު މަރާމާތު ކުރުމަށް ހުރި ތަންތަން މަރާމާތު ކުރުން.
  • ބޭރު ފާރުގެ އެތެރެއާއި ބޭރުގައި ކުލަލުން.
  • ބޭރު ފާރުގެ ދެ ގޭޓު ރަނގަޅުކުރުން.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 9 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އައްޑޫ ސިޓީ ހޯލަށް ވަޑއިގެން އެދުވަހު ތިއްބަވާ މިއޮފީހުގެ މުވައްޒަފުންގެ އަތަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދެވޭ މިންގަޑު ތިރީގައި މިވަނީއެވެ.

އަގު (70)

އެންމެ ދަށް އަގު

މުއްދަތު (20)

އެންމެ އަވަސް

ތަޖުރިބާ (10)

މިބާވަތުގެ އެހެން މަސައްކަތްތައް ކުރެވިފައިވާ މިންވަރު

30 ޖޫން 2015