ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2024/79
އިޢުލާން
މިމަހު 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފުޓުސަލް ޗެލެންޖްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން.
ހދ. ނޮޅިވަރަންފަރު އ.ތ.މ. ކޮމެޓީން އަންހެން ކަނބަލުންނަށް އަމާޒުކޮއްގެން 2024 ނޮވެމްބަރު 25 ގައި ފެށުމަށް ހަމަޖެހިފައިވާ “WDC Women’s Futsal Challenge 2024” ގައި، ހަނިމާދޫ އ.ތ.މ. ކޮމެޓީގެ ފަރާތުން އަންހެން ފުޓުސަލް ޓީމެއް ބައިވެރި ކުރުމަށް ނިންމާފައިވާތީ، މިޓީމުގައި ބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 ނޮވެމްބަރު 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގައި ނަންނޯޓު ކުރެއްވުން އެދެމެވެ.
މި މުބާރާތަށް ޓީމު ނެގުމަށް ހަމަޖެހިފައިވަނީ ކުޅުންތެރިންގެ ގޮތުގައި ނަންނޯޓުކުރާ ފަރާތްތަކުގެ މެދުގައި ޕްރެކްޓިސް މެޗެއް ބޭއްވުމަށްފަހު ޓީމު ނަގާގޮތަށެވެ. މިޓީމު އެކުލަވާލާނީ ކޯޗުގެ އިރުޝާދުގެ މަތިންނެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ޖުމާދަލްއޫލާ 1446
04 ނޮވެމްބަރު 2024